Last Updated: July 11, 13:18
Saturday, July 11, 2026
މުނިފޫހިފިލުވުން

ސަލްމާންގެ ޅިޔަނު ވެސް ތަމަންނާގެ ފިލްމަށް

ތަމަންނާ ބާޓިއާގެ ލީޑް ބަތަލާގެ ރޯލު ކުޅެން ހަމަޖެހިފައިވާ ބިރުވެރި ފިލްމު 'ރާގިނީ 3' ގެ ރޯލަކަށް ސަލްމާން ޚާންގެ ޅިޔަނު އާޔޫޝް ޝަރްމާ ވެސް ސޮއިކޮށްފި އެވެ.

އެކްތާ ކަޕޫރް ޕްރޮޑިއުސްކޮށް، ޝަޝަންކާ ގޯޝް ޑައިރެކްޓް ކުރަން ހަމަޖެހިފައިވާ މި ފިލްމުގެ ކާސްޓަށް ކުރިން ވަނީ އާމިރު ޚާންގެ ދަރިފުޅު ޖުނައިދު ޚާނާއި ބަތަލާ ނަރްގިސް ފަޙްރީ ވެސް ނަގައިފަ އެވެ.

'ރާގިނީ 3' ގެ ކާސްޓަށް އާޔޫޝް ވެސް އިތުރުވެފައިވާ އިރު، ފިލްމުގެ ޝޫޓިން ފަށަން ހަމަޖެހިފައި ވަނީ ޖުލައި މަހުގެ ތެރޭގަ އެވެ.

އާޔޫޝް އަކީ ސަލްމާންގެ ކޮއްކޮ އަރްޕިތާ ޚާންގެ ފިރިމީހާ އެވެ.

މިހާރު ދެ ދަރިން ވެސް ތިބި އާޔޫޝް ބޮލީވުޑަށް ނެރުނީ ސަލްމާން ޕްރޮޑިއުސް،ކުރި 2018 ގެ 'ލަވްޔާތުރީ' އެވެ. އޭގެ ފަހުން އޭނަ ވަނީ ސަލްމާނާ އެކު 2021 ގެ 'އަންތިމް' ގައި ވެސް މަސައްކަތްކޮށްފަ އެވެ.

އާޔޫޝް، 35، ގެ އެންމެ ފަހުގެ ފިލްމަކީ 2024 ގެ އެކްޝަން ފިލްމު 'ރުސްލާން' އެވެ.