ހުޅުމާލެ އާއި ކުރުނބާ މޯލްޑިވްސް ރިޒޯޓާ ދޭތެރޭ އޮތް ސަފާރީއެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި އެވެ.
އެމްއެންޑީއެފުން ބުނީ ހުޅުމާލެ އާއި ކުރުނބާ މޯލްޑިވްސް ރިޒޯޓާ ދޭތެރޭ އޮތް "އެމްޕެރާ އެކްސްޕްލޯރާ" ސަފާރީގައި އަލިފާން ރޯވެގެން، އެމްއެންޑީއެފް މާލެ އޭރިއާ ކޮމާންޑް، ހުޅުމާލޭ ފަޔާ ސްޓޭޝަނުން ހަރަކާތްތެރިވަމުންދާ ކަމަށެވެ.
މި ހާދިސާގައި އެ އުޅަނދުގައި ވަރަށް ބޮޑަށް ރޯވެ، ބޯ ދުންތައް މުޅި ސަރަހައްދަށް ފެތުރިފައިވާ މަންޒަރު އާންމުވެފައިވާ ފޮޓޯތަކުން ފެނެ އެވެ.

މި ހާދިސާ ހިނގަން މެދުވެރިވި ސަބަބެއް އަދި މިހާތަނަށް ސާފުވެފައި ނުވާއިރު، އެއްވެސް މީހަކަށް އަނިޔާއެއް ލިބުނު ކަމުގެ ރިޕޯޓެއް އަދި ލިބިފައެއް ނުވެއެވެ.
މިއީ މިއަދިު ހިނގި މިފަދަ ދެވަނަ ހާދިސާއެ އެވެ. މިއަދު މެންދުރު ފަހު ގުޅީފަޅު ކައިރީގައި ވަނީ ކަންނެލި ބޯޓެއްގައި ވެސް ރޯވެފަ އެވެ.