Last Updated: July 11, 13:18
Saturday, July 11, 2026
މުނިފޫހިފިލުވުން

އަދުނާން ސާމީގެ އާ ލުކެއް!

މަޝްހޫރު ލަވަކިޔުންޔެރިޔާ އަދުނާން ސާމީގެ މުޅިން އާ ލުކެއް މިއަދ ދައްކާލައިފި އެވެ.

އިންސްޓަގްރާމްގައި އާ ލުކް ހިއްސާކުރި ނަމަވެސް މި ލުކާ ގުޅޭ އެއްވެސް ވާހަކައެއް ޕޯސްޓްގައި ހިމަނައިފައެއް ނުވެ އެވެ. ފޮޓޯއާ އެކު ލިޔެފައި އޮނީ ހަމައެކަނި އަދުނާން ސާމީ ވޯލްޑް އެވެ. ހިއްސާކުރި ފޮޓޯގައި ފެންނަނީ ދިގު އިސްތަށިގަނޑަކާ އެކު، ލޮލުގައި އަނދުން ވެސް އަޅައި، ގަހަނާތަކަކުން ވެސް އޭނަ ޒީނަތްތެރިވެގެން އިންނަ ތަނެވެ.

އަދުނާން ސާމީގެ މި ލުކާ ބެހޭ ގޮތުން ބައެއް މީޑިއާތަކުން ބުނީ ބެލެވޭ ގޮތުން އޭނަ ދީފައި މިއޮތީ އާ ވީޑިއޯއެއް ލަވައެއް ގެނެސްދޭން އުޅޭކަމުގެ އިޝާރާތެކެވެ. އެހެންވެ އޮތީ އިންތިޒާރުގައި ތިބުމެވެ.

މަގުބޫލު އެތައް ލަަވައެއް މިހާތަނަށް ކިޔާފައިވާ އަދުނާން ސާމީ އަކީ ޕާކިސްތާނަށް ނިސްބަތްވާ ފަންނާނެކެވެ. އެކަމަކު އަވައްޓެރި އިންޑިއާގެ ރަށްވެހިކަން ހޯދައިގެން އޭނަ ދިރިއުޅެމުން އަންނަނީ މުމްބާއީގަ އެވެ.

ބޮލީވުޑްގެ ވަރަށް ގިނަ ފިލްމުތަކަށް ވެސް މިހާތަނަށް ގިނަ ލަވަތަކެއް ކިޔާފައިވާ އަދުނާން، 54، އަކީ ކުރިން ވެސް ވަރަށް ރީތި ވީޑިއޯ ލަވަތަކެއް ނެރެފައިވާ ފަންނާނެކެވެ.