Last Updated: July 17, 18:07
Friday, July 17, 2026
ޚަބަރު

މަރަދޫ މުވައްފުންނަށް ޓީމު ބިލްޑިން ޕްރޮގްރާމެއް

އައްޑޫ މަރަދޫ އަވަށު އޮފީހުގެ މުވައްޒަފުންނަށް އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑުން، ކޮމިއުނިކޭޝަން އެންޑް ޓީމް ބިލްޑިން ޕްރޮގްރާމެއް ހިންގައިފި އެވެ.

ގަމުގައި ގާއިމުކޮށްފައި ހުންނަ ސަދަން އޭރިއާ ކޮމާންޑް ހެޑްކްއޯޓަޒްގައި އިއްޔެ ކުރިއަށްގެންދިޔަ ޕްރޮގްރާމުގައި މަރަދޫ އަވަށު އޮފީހުގެ 15 މުވައްޒަަކު ބައިވެރިވިި އެވެ.

ޕްރޮގްރާމް ނިންމާލައި ބައިވެރިންނަށް ސެޓްފިކެޓް ވެސް ދީފައިވެ އެވެ. ސެޓްފިކެޓް ހަވާލުކޮށްދެއްވީ ސަދަން އޭރިއާ ކޮމާންޑުގެ ޑެޕިއުޓީ ކޮމާންޑަރު، ލެފްޓިނެންޓް ކާނަލް މުޙައްމަދު ނިލާމެވެ.

ކޮމިއުނިކޭޝަން އެންޑް ޓީމް ބިލްޑިން ޕްރޮގްރާމް ކުރިއަށް ގެންގޮސްފައި ވަނީ ތިއަރީ ކުލާހަކާއި ޕްރެކްޓިކަލް ކުލާހެއް އެޖުލެވޭ ގޮތަށެވެ. ތިއަރީ ކްލާސްތައް ނަންގަވައި ދެއްވީ އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑުގެ ކޮމާންޑް ސާޖަންޓް މޭޖަ، ކޮމާންޑް ސާޖަންޓް މޭޖަ ނާޒިމް މުޙައްމަދެވެ. ޕްރެކްޓިކަލް ކްލާސްތައް ކުރިއަށް ގެންދިއުމުގައި ހަރަކާތްތެރިވެފައި ވަނީ އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑުގެ ސިފައިންނެވެ.