Last Updated: July 17, 18:07
Friday, July 17, 2026
ޚަބަރު

ކިލޯއެއްގެ ޑްރަގާ އެކު 2 މީހަކު ހައްޔަރުކޮށްފި

ކިލޯއަކަށް ވުރެ ގިނަ މަސްތުވާތަކެއްޗާއެކު މާލެއިން ދެ މީހަކު ހައްޔަރުކޮށްފި އެވެ.

ފުލުހުން ބުނީ މަސްތުވާތަކެތި ބޭނުންކޮށް، ގެންގުޅެ، އެ ތަކެތީގެ ވިޔަފާރިކުރާ ކަަމުގެ ތުހުމަތުގައި ހައްޔަރުކޮށްފައި ވަނީ ގއ. ވިލިނގިލި، އެދުރުގެ، މުޙައްމަދު ފައުޒާން، 35، އާއ އާއި ބަންގްލަދޭޝް އަށް ނިސްބަތްވާ ޒާކިރު ހޮސައިން، 29، ކަމަށެވެ.

އެ ދެ މީހުން ހައްޔަރުކޮށްފައި ވަނީ ކައުންޓަ-ނާކޮޓިކްސް އިންޓެލިޖެންސާއި ކައުންޓަ-ނާކޮޓިކްސް އޮޕަރޭޝަން ގުޅިގެން، މި މަހުގެ 7 ގައި ހިންގި އޮޕަރޭޝަނެއްގަ އެވެ.

މި މައްސަލައާ ގުޅިގެން ހައްޔަރުކުރި އެ ދެ މީހުންގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން ޒާކިރުގެ ބަންދަށް 15 ދުވަސް އަދި ފައުޒާންގެ ބަންދަށް 10 ދުވަސް ޖަހާފައިވެ އެވެ.

މި މައްސަލަ ފުލުހުން ދަނީ ތަހުގީގުކުރަމުންނެވެ.