އިސްލާމިކް މިނިސްޓްރީ އަށް އާކިޓެކްޓެއް ހޯދަން އިއުލާންކޮށްފި އެވެ.
އެ މިނިސްޓްރީން ބުނީ އެ މަގާމަށް މީހަކު ބޭނުން ވަނީ ކޮންޓްރެކްޓް އުސޫލުން އަހަރަކާއި 11 މަސް ދުވަހަށް ކަމަށެވެ. އެހެންވެ އާކިޓެކްޓްގެ މަގާމަށް ޝައުގުވެރިވާ އެ ދާއިރާގެ މީހުންނަށް ކުރިމަތިލުމުގެ ފުރުސަތު މާދަމައާ ހަމައަށް ވަނީ ހުޅުވާލައިފަ އެވެ.
މަގާމުގެ ޝަރުތަކީ މަޤާމުގެ މަސައްކަތާ ގުޅުން ހުރި ދާއިރާއަކުން ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 9 ގެ މާސްޓަރސް ޑިގްރީ ޙާޞިލްކޮށްފައިވުން ނުވަތަ މަޤާމުގެ މަސައްކަތާ ގުޅުންހުރި ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ނުވަތަ 8 ގެ ޑިގްރީ އެއް ނުވަތަ ބެޗިލަރސް ޑިގްރީ ޙާޞިލްކޮށްފައިވުމާއެކު، މަގާމުގެ މަސައްކަތުގެ ދާއިރާއެއްގައި 4 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުމެވެ.
އާކިޓެކްޓްގެ އަސާސީ މުސާރަ އަކީ މަހަކު 18،945ރ. އެވެ. އަދި މަޤާމުގެ އެލަވަންސްގެ ގޮތުގައި މަހަކު 10،850ރ. ވެސް ލިބޭނެ އެވެ. އެހެނިހެން އެލަވަންސްތަކުހެ ތެރޭގައި ހާޒިރުވާ ދުވަހަކަށް 295ރ. އާއި އިތުރު ގަޑީގެ ފައިސާ އާއި ޕެންޝަނާ ބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން ވެސް ހިމެނެ އެވެ.
މިނިސްޓްރީން ބުނީ މަޤާމަށް މީހަކު ހޮވުމަށް ބާއްވާ އިންޓަވިއު އާއި އިމްތިހާނު އޮންނާނީ، މި މަހުގެ 16 އާއި 17 ގައި ކަމަށެވެ.