Last Updated: May 4, 13:48
Sunday, May 4, 2025
ޚަބަރު

ފޭދޫ ބިން ހިއްކާތީ ހާއްސަ ސަޔެއް މާދަމާ ދެނީ

ފޭދޫގެ ބިން ހިއްކުމުގެ މަސައްކަތަށް ތާއިދު ކޮށް އެކަމުހެ އުފަލުގައި ހާއްސަ ސައިފޮދެއް މާދަމާ ބޭއްވުމަށް ނިންމައިފިއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ސައި ތައްޔާރު ކުރަނީ ފޭދޫ “މަގުއްދޫ ބުރި” އަށް ނިސްބަތްވާ އަންހެނުންގެ ފަރާތުންނެވެ.

ޕީޕީއެމް ފޭދޫ ގޮފިން ބުނީ ސައި ފޮދު މާދަމާ ހަވީރު 4:00 ގައި ކުރިއަށްދާ އިރު ސައިގެ ކަންތައްތައް ކުރިއަށް ދާނީ ފޭދޫ ތޭރަވާގޭ ކުރިމަތީގަ އެވެ.

ޕީޕީއެމް ފެދޫ ގޮފިން ބުނީ ބިން ހިއްކާތީ އެކަމުގެ އުފަލުގައި ބާއްވާ އަންހެންވެރިންގެ ސަޔަށް ފޭދޫ ރައްޔިތުންނަށް ދައުވަތު އަރުވާ ކަމަށެވެ.

މިދިޔަ ހަފުތާގެ ހުކުރު ދުވަހު ވެސް ޕީޕީއެމަށް ނިސްބަތްވާ ފޭދޫ މީހުން ވަނީ ބިން ހިއްކަން އެންމެ ފުރަތަމަ ބަންޑްވޯލް ޖެހި ގަމާއި ފޭދު އާ ވީ ސަރަހައްދަށް ޖަމާވެ، އެ މީހުންގެ ޝުއޫރު ސަޔާ އެކު އުފާ ފާޅުކޮށްފަ އެވެ.

ފޭދޫގެ ވަށައިގެން 64 ހެކްޓަރުގެ ބިން ހިއްކަން ވަނީ ހަމަޖެހިފަ އެވެ