Last Updated: July 12, 18:50
Sunday, July 12, 2026
ޚަބަރު

ސަރުކާރުގެ ސިޔާސަތުތަކަށް ފާޑުކިޔޭނެ: ނަޝީދު

ސަރުކާރުގެ ޚާރިޖީ ސިޔާސަތާއި އެހެނިހެން ސިޔާސަތުތަކަކީ ވެސް ކޮބައިކަން ހޯދައި، އެ ކަންކަމަށް ފާޔު ކިއުމަކީ ވާދަވެރި ސިޔާސީ ޕާޓީއެއްގެ އެންމެ ބޮޑު މަސްއޫލިއްޔަތު ކަމަށް ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

ނަޝީދު މިދިޔަ ހަފުތާގައި އިންޑިއާއަށް ކުރެއްވި ދަތުރެއްގައި، ރާއްޖޭގެ ދަރަންޏާ، ޚާރިޖީ ސިޔާސަތާ ގުޅޭގޮތުން ދެއްކެވި ވާހަކަތަކާ ގުޅިގެން ފޮރިން މިނިސްޓްރީން ނެރުނު ބަޔާނަށް ރައްދު ދެއްވައި ސޯޝަލް މީޑިއާގައި ވިދާޅުވީ ރާއްޖެއަކީ މުޅި ދިވެހި ރައްޔިތުންގެ ރާއްޖެއެއް ކަމަށެވެ.

އަދި މިއީ 30 ޕަސެންޓަށް ވުރެ ދަށުގެ ތާއީދެއް އޮތް ރައީސް ޑރ. މުޙައްމަދު މުއިއްޒުގެ ސަރުކާރުގެ ރާއްޖެއެއް ނޫން ކަމަށް ވިދާޅުވި އެވެ.

ނަޝީދު ވަނީ އެކުވެރި ދައުލަތްތަކުން ދޭ މާލީ އެހީ އާއި ލޯނުތައް ސަރުކާރުން ބޭނުން ކުރަން ޖެހޭނީ ޒިންމާދާރުކޮށް ކަމަށެވެ.

އެ މަނިކުފާނު އިންޑިއާގައި ދެއްކެވި ވާހަކަތަކާ ގުޅިގެން މިނިސޓްރީން ނެރުނު ބަޔާނުގައި ވަނީ، ދައުލަތުގެ މަތީ މަގާމުތައް ފުރުއްވާފައިވާ ބޭފުޅުން ޚާރިޖީ ސިޔާސަތާއި ބައިނަލްއަޤުވާމީ ގުޅުންތަކާ ގުޅޭގޮތުން ވާހަކަ ދައްކަވާ އިރު ޙިކުމަތްތެރިކަން އިސްކުރުމަށް ގޮވާލައްވާ ކަމަށެވެ. އަދި މި ސަރުކާރުގެ ޚާރިޖީ ސިޔާސަތަކީ ރާއްޖޭގެ ސިޔާދަތު ރައްކާތެރި ކުރުމާއި ޤައުމީ މަސްލަހަތު އިސްކުރުމުގެ މައްޗަށް ބިނާވެފައިވާ "މޯލްޑިވްސް ފަސްޓް" ސިޔާސަތު ކަމަށް ވެސް ބުނެފައިވެ އެވެ.