Last Updated: July 17, 18:07
Friday, July 17, 2026
ޚަބަރު

ސީޔޫބީއެންގައި މަކަރާއި ހީލަތުގެ އެއްވެސް ކަމެއް ނެތް

Screenshot

ސޯޝަލް މީޑިއާގައި މި ދުވަސްވަރު އިޝްތިހާރު ކުރަމުންދާ ކޮމަންވެލްތު ޔޫނިއަން ބްލޮކް ޗެއިން ނެޓްވޯކް (ސީޔޫބީއެން) ގައި މަކަރާއި ހީލަތުގެ އެއްވެސް ކަމެއް ނެތް ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

މި މަޝްރޫއުގެ ރަސްމީ ވެބްސައިޓުގައިވާ ގޮތުން، ނަޝީދަކީ ސީޔޫބީއެންގެ "އިންޓަނޭޝަނަލް އެޑްވައިޒަރީ ބޯޑު" ގެ މެންބަރެކެވެ.

ކޮމަންވެލްތު ޔޫނިއަން ބްލޮކް ޗެއިން ނެޓްވޯކްގެ ނަމުގައި ސޯޝަލް މީޑިއާގައި އިޝްތިހާރު ކުރަމުން ގެންދާ ސީޑަބްލިިއު ކްރިޕްޓޯ ޓޮކެންގެ ސައްހަ ކަމާ މެދު ބައެއް ފަރާތްތަކުން ސޯޝަލް މީޑިއާގައި ކަންބޮޑުވުން ފާޅުކުރަމުންދާއިރު، ނަޝީދު މިއަދު ވިދާޅުވީ ދުނިޔޭގެ މާލީ ނިޒާމު ދަނީ ބަދަލުވަމުން ކަމަށާއި ޑިޖިޓަލް ފައިސާ ދަނީ ތަޖުރިބާކުރަމުން ކަމަށެވެ. އެގޮތުން ސީޔޫބީއެން އަކީ އެފަދަ މަސައްކަތެއް ކަމަށާއި މި މަޝްރޫއު އަކީ 56 ކޮމަންވެލްތު ގައުމާއި މެދުއިރުމައްޗާއި އުތުރު އެފްރިކާގެ 7 ގައުމާއި ގުޅުން އޮތް އަދި ރަސްމީ ހައިސިއްޔަތު ލިބި 19 މެމްބަރު ގައުމު ބަލައިގެންފައިވާ ޑިޖިޓަލް އެސެޓުގެ ހަމަތަކާއި އުސޫލުގެ މައްޗަށް ބިނާކޮށްފައިވާ މަޝްރޫއުއެއް ކަމަށް ނަޝީދު ވިދާޅުވި އެވެ.

ނަޝީދު ވިދާޅުވީ ސީޔޫބީއެންގައި ބައިނަލްއަގުވާމީ އެޑްވައިޒަރީ ކައުންސިލެއް ހިމެނޭހެން ރަސްމީ ގަވަނެންސް އޮނިގަނޑެއް އޮންނަ ކަމަށާއި މިއީ އެތައް އަހަރަކަށް ބިނާކޮށްފައިވާ މަގު ޗާޓެއްގެ ދަށުން ދެފުށް ފެންނަ ގޮތުގައި ފައިނޭންސް ހޯދައިގެން ތަފްސީލީ ފައިނޭންޝަލް މޮޑެލަކަށް ހިންގާ މަޝްރޫއެއް ކަމަށެވެ.

މީގެއިތުރުން މި މަޝްރޫއުގެ ތެރޭގައި ޓޯކެން ޕްރީސޭލް، އާންމު ފަރާތްތަކުން ފަންޑު ހޯދުން އަދި ވަކި މިންވަރެއްގެ ފައިދާގެ ގޮތުގައި ލިބޭނެ ކަމުގެ ގެރެންޓީ ދިނުން ފަދަ މަކަރާއި ހީލަތުގެ ސްކީމްތަކުގައި ހުރި އެއްވެސް ކަމެއް މި މަޝްރޫއުގައި ޝާމިލުނުވާ ކަމަށްވެސް ނަޝީދު ވިދާޅުވި އެވެ.