އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު ޗައިނާއަށް ފުރާވަޑައިގެންފި އެވެ.
ޝާހިދު ވިދާޅުވީ މިއީ ޗައިނާގެ ޝެންހައިގައި ބާއްވާ ޔުނައިޓެޑް ނޭޝަންސް ގެ ޢާންމު މަޖިލީހުގެ ރައީސުންގެ ބައްދަލުވުމުގައި ބައިވެރިވުމަށް ކުރައްވާ ދަތުރުފުޅެއް ކަމަށެވެ.
އ.ދ. ގެ ޢާންމު މަޖިލީހުގެ ރައީސްކަން ކުރެއްވި ބޭފުޅުންގެ ތެރެެއިން މިހާރު ދުނިޔޭގައި ތިއްބެވި 21 ރައީސުންގެ ތެރެއިން 12 ރައީސަކު މިބައްދަލުވުމުގައި ބައިވެރިވެ ވަޑައިގަންނަވާ ކަމަށް ޝާހިދު ވިދާޅުވި އެވެ.
ކުރީގެ ފޮރިން މިނިސްޓަރު ޝާހިދު އ.ދ ގެ އާންމު މަޖިލީހުގެ ރައީސްކަން ކުރެއްވީ 2021 ވަނަ އަހަރު އެވެ. މިއީ ދިވެއްސަކު އެ މަގާމު ފުރުއްވި ފުރަތަމަ ފަހަރެވެ.