Last Updated: June 4, 11:57
Thursday, June 4, 2026
ޚަބަރު

ރައީސް އަނެއްކާ ވެސް ރައްޔިތުންނާ ބައްދަލު ކުރަނީ

ރައްޔިތުންނާ ބައްދަލު ކުރުމުގެ ބައްދަލުވުންތައް އަނެއްކާ ވެސް ވަރަށް އަވަހަށް ފަށާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

އެ މަނިކުފާނުގެ މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި ވިދާޅުވީ މާލެ ސަރަހައްދާއި އަތޮޅުތަކަށް ވެސް ވަޑައިގެން ރައްޔިތުންނާ ބައްދަލު ކުރައްވަން ފައްޓަވާނެ ކަމަށެވެ. ރައީސް ވިދާޅުވީ އަމާޒަކީ ހަފުތާއަކު އެއް ފަހަރު ނޫނީ އެއަށް ވުރެ އަވަސްކޮށް ވެސް ރައްޔިތުންނާ ބައްދަލު ކުރުން ކަމަށެވެ.

އެ މަނިކުފާނު ވިދާޅުވީ ސީދާ ރައްޔިތުންނާ ބައްދަލު ކުރެއްވުމުގެ އިތުރަށް އެކި ދާއިރާތަކުގެ މީހުންނާ ވެސް އެކު ބައްދަލުވުންތައް ކުރިއަށް ގެންދަވާނެ ކަމަށެވެ.

ރައީސް ވިދާޅުވީ ރައްޔިތުންގެ ގާތަށް ވަޑައިގެން ރައްޔިތުންގެ ވާހަކަތައް އަޑު އައްސަވައި ކަންކަން ހައްލުކޮށް ދެއްވަން މަސައްކަތް ކުރެއްވުމަކީ އެ މަނިކުފާނަށް ލިބިވަޑައިގައިންނަވާ ކަމަށް ވަރަށް ބޮޑު އުފަލެއް ކަމަށެވެ.

ރައީސް ކުރިން ވެސް ވަނީ ރާއްޖޭގެ ހުރިހާ ރަށަކަށް ވަޑައިގެން ރައްޔިތުންނާ ބައްދަލު ކުރައްވައިފަ އެވެ. އަދި ބައެއް ރަށްރަށަށް ދެ ފަހަރަށް ވެސް ވަޑައިގެންފައިވެ އެވެ.