ވަގަށް ކެނޑި ކެޔޮގަނޑެއް ވިއްކާފައި ވަނިކޮށް ފުލުހުން އެ ހޯދައި، ވެރިފަރާތާ ހަވާލުކޮށްފި އެވެ.
އައްޑޫ ހިތަދޫ ފުލުހުން މިއަދު ބުނީ އެ އަވަށު ގެއަކުން ވަގަށް ކެޔޮގަނޑެއް ކެނޑި މައްސަލަ ފުލުހުންނަށް ރިޕޯޓްކުރީ ރޭގެ ވަގުތެއްގައި ކަމަށެވެ. އަދި ކެޔޮގަނޑު ހޯދަން ކުރި މަސައްކަތުން ފެނުނީ ހިތަދޫގެ ފިހާރައަކަށް ވިއްކާލާފައި ވަނިކޮށް ކަމަށް ފުލުހުން ބުންޏެވެ.
މިކަމާ ގުޅިގެން ފުލުހުން ބުނީ ވަގަށް ނަގާ ތަކެތި ނުއަގުގައި ވިއްކާ ފަރާތްތަކާއި، ގަންނަ ފަރާތްތަކުގެ މަޢުލޫމާތު ލިބޭ ނަމަ އެ މަޢުލޫމާތު 125 އަށް ގުޅާ ހިއްސާކޮށް ދޭން އެދޭ ކަމަށެވެ.