ކުރިން ފިލްމުގެ ޓީޒާއަކާއި ލަވަތަކެއް ވެސް ދައްކައިލުމަށް ފަހު ބޮލީވުޑްގެ ފިލްމު "ޗާންދު މޭރާ ދިލްް" ގެ ރަސްމީ ޓްރެއިލާ މިއަދު ދައްކާލައިފި އެވެ.
ކަރަން ޖޯހަރްގެ ދަރުމާ ޕްރޮޑަކްޝަނުން ހަދާފައިވާ މި ލޯބީގެ ފިލްމު ސިނަމާތަކަށް ދޫކޮށްލަން ނިންމާފައި އޮތީ މި މަހުގެ 22 ގަ އެވެ.
"ޗާންދު މޭރާ ދިލްް" ގެ ލީޑް ތަރިންނަކީ ޒުވާން ތަރިން ކަމަށްވާ އަނަންޔާ ޕާންޑޭ އާއި ލަކްޝް ލަލްވާނީ އެވެ. މި ފިލްމަކީ ލަކްޝްގެ ދެވަނަ ފީޗާ ފިލްމެވެ.
އޭނަ ބޮލީވުޑަށް ތައާރަފުވީ ދަރުމާގެ 2024 ގެ އެކްޝަން ފިލްމު "ކިލްް" އިންނެވެ.
"ޗާންދު މޭރާ ދިލް" ގެ ޑައިރެކްޓަރަކީ ވިވެކް ސޯނީ އެވެ. އޭނަ އަކީ ދަރުމާ އިން މިދިޔަ އަހަރުގެ ޖުލައިގައި ނެޓްފްލިކްސް އަށް ގެނެސްދީގެން ގިނަ ބައެއްގެ ބޮޑު ތަރުހީބެއް ލިބުނު ރޮމޭންޓިކް ކޮމެޑީ ޑްރާމާ "އާޕް ޖޭސާ ކޮއީ" ގެ ވެސް ޑައިރެކްޓަރެވެ.