އައްޑޫ ސިޓީ މޭޔަރާއި އިންތިހާބީ ކައުންސިލަރުން ހުވާ ކުރުމުގެ ރަސްމިއްޔާތު ހިތަދޫގައި ހުންނަ އައްޑޫ ހައި ސްކޫލްގައި ބާއްވަވަން ނިންމައިފި އެވެ.
އެ ރަސްމިއްޔާތު އޮންނާނީ މި މަހުގެ 17 ވަނަ ދުވަހުގެ ހެނދުނު 9:00 ގަ އެވެ.
ރާއްޖޭގެ ހުރިހާ ހިސާބެއްގެ އިންތިހާބީ ކައުންސިލަރުން ހުވާ ކުރުމުގެ ރަސްމިއްޔާތު އެއް ވަގުތެއްގައި ބާއްވަން ނިންމައި، ލޯކަލް ގަވަރަމަންޓް އޮތޯރިޓީ އެކްޖީއޭ) އިން ވަނީ ހާއްސަ ގައިޑްލައިނެއް ވެސް މީގެ ދުވަސްކޮޅެއް ކުރިން އާންމުކޮށްފަ އެވެ.
ކައުންސިލަރުން ހުވާކުރާ ރަސްމިއްޔާތުގައި އަންހެނުންގެ ތަރައްގީ އަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިހާބީ މެންބަރުން އިގުރާރުގައި ސޮއި ކުރުން ވެސް އޮންނާނެ އެވެ.
ލޯކަލް ކައުންސިލް އިންތިހާބާއި އަންހެނުންގެ ކޮމިޓީގެ އިންތިހާބު ބޭއްވީ މިދިޔަ މަހުގެ 4 ގަ އެވެ. އިންތިހާބީ ކައުންސިލަރުންނާއި އަންހެނުންގެ ކޮމިޓީގެ މެންބަރުުން ހުވާކުރާ ތާރީހަކީ މިހާރުގެ ކައުންސިލްތަކާއި ކޮމިޓީތަކުގެ ދައުރު ހަމަވާ ދުވަހެވެ.