Last Updated: July 11, 11:17
Saturday, July 11, 2026
ދުނިޔެ

ރޭޕްގެ ތުހުމަތުގައި ލަންކާގެ ހާމުދުރަކު ހައްޔަރުކޮށްފި

ފުރާވަރުގެ އަންހެން ކުއްޖަކު ރޭޕްކުރުމުގެ ތުހުމަތުގައި ސްރީ ލަންކާގެ ބުޑިސްޓުންގެ އެންމެ ނުފޫޒު ގަދަ ހާމުދުރުންގެ ތެރޭގައި ހިމެނޭ މީހަކު ހައްޔަރުކޮށްފި އެވެ.

އުމުރުން 15 އަހަރުގެ ކުއްޖަކު ރޭޕްކުރުމުގެ ތުހުމަތުގައި ހޮނިހިރު ދުވަހު ހައްޔަރުކޮށް ރިމާންޑް ޖަލެއްގައި ބަންދުކޮށްފައި ވަނީ ޕަލެއްގަމާ ހެމަރަތަނަ ތީރޯ އެވެ. މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި ފުލުހުން އޭނަ ހައްޔަރުކުރީ ކޮލޮމްބޯގެ ޕްރައިވެޓް ހޮސްޕިޓަލެއްގައި އެޑްމިޓްވެގެން ފަރުވާ އަށް އޮއްވަ އެވެ.

ހެމަރަތަނަ މާދަމާ ކޯޓަށް ހާޒިރު ކުރަން ހަމަޖެހިފައިވާ އިރު، ކުއްޖާ ރޭޕްކުރި މައްސަލައިގައި އެ ކުއްޖާގެ މަންމަ ވެސް ވަނީ ހައްޔަރުކޮށްފަ އެވެ. އޭނަ ހައްޔަރުކުރީ ދަރިފުޅު ރޭޕްކުރަން ހާމުދުރަށް ފުރުސަތު ފަހިކޮށްދީ، އެކަމަށް އެހީވިކަމުގެ ތުހުމަތުގަ އެވެ. އޭނަ ވެސް މި ވަގުތު ހުރީ ރިމާންޑް ޖަލެއްގަ އެވެ.

ހެމަރަތަނަ ހައްޔަރުކޮށް މާދަމާ ކޯޓަށް ހާޒިރު ކުރަން ހަމަޖެހިފައިވާ އިރު، އޭނަގެ ޕާސްޕޯޓް ވެސް ވަނީ ހިފަހައްޓައިފަ އެވެ.