Last Updated: July 11, 11:17
Saturday, July 11, 2026
ދުނިޔެ

އޭޓީއެމުން ލިބެނީ ބޯކޮށުމުގެ ހިދުމަތް!

އިންޑިއާގެ ޕަޓްނާގެ ދަނާޕޫރްގައި ބެހެއްޓި ސްޓޭޓް ބޭންކް އޮފް އިންޑިއާ (އެސްބީއައި) ގެ އޭޓީއެމެއް ހުރި ތަނެއްގައި ބޯކޮށާ ތަނެއް ހިންގާ މަންޒަރާ އެކު ގިނަ ބައެެއްގެ ސަމާލުކަން ހުއްޓިއްޖެ އެވެ.

މިޑިއާތަކުން ބުނި ގޮތުގައި އެތަނުގައި މިހާރު ބޯކޮށުމުގެ ހިދުމަތް ދެމުން އަންނަނީ ބެހެއްޓީ މެޝިން ނެގުމާ ގުޅިގެންނެވެ. މެޝިން ނެގި ނަމަވެސް އެ ތަނުގައި އަދިވެސް ހުރީ އެސްބީއައިގެ ނަން ބޯޑެވެ.

އެ ސަރަހައްދުގެ ބައެއް މީހުން ބުނެފައިވާ ގޮތުގައި އެ އޭޓިއެމަކީ ކުރިން ގިނަ ބަޔަކު ގަވައިދުން ބޭނުން ކުރަމުން އައި ތަނެކެވެ. ނަމަވެސް އެތަނުން މެޝިން ނެގުމުން ސެލޫން ހިންގާ ބަޔަކަށް އޭޓީއެމް ބެހެއްޓި ތަންކޮޅު އެތަނުގެ ވެރިފަރާތުން ކުއްޔަށް ދިނުމާ ގުޅިގެން ބޯކޮށާ ތަނެއް ހިންގަނީ އެވެ.

އެކަމަކު އެތަނުގެ ބޭރުގައި އަދިވެސް އެސްބީއައިގެ އޭޓީއެމްގެ ނަން އިންނާތީ ބައެއް މީހުން އޭޓީއެމެއް ހީކޮށް އަދިވެސް ފައިސާ ނަގަން ދެ އެވެ.

މިކަން ގިނަ ބައެއްގެ ސަމާލު ކަމަށްއައިސް އެތަނުގެ ވީޑިއޯތައް ނަގައި، ސޯޝަލް މީޑިއާގައި އެކި ކަހަލަ ކޮމެންޓްތައްކޮށް އަންނަނީ ޖޯކް ޖަހަމުންނެވެ.