ޕާޓީގެ ރަސްމީ ހަރަކާތްތަކާ އެއްވެސް ގުޅުމެއް ނެތް ކަމަކަށް ރިއާޔަތްކޮށް، ޖޫރިމަނާ ކުރުމަކީ އެއްގޮތަކަށް ވެސް ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް ޕީޕަލްސް ނޭޝަނަލް ފްރަންޓް (ޕީއެންއެފް) ބުނެފި އެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ޕާޓީން ސިލްސިލާކޮށް މާލޭގައި ބާއްވަމުން އަންނަ މުޒާހަރާތައް ޤާނޫނުތަކާއި ގަވާއިދުތަކާއި ތަކުރާރުކޮށް ޚިލާފު ކަމަށް ނިންމައި އިލެކްޝަންސް ކޮމިޝަން (އީސީ) އިން އެ ޕާޓީ 100،000ރ. އިން ޖޫރިމަނާކޮށްފައި ވަނި އިއްޔެ އެވެ.
އެކަމާ ގުޅިގެން ޕީއެންއެފުން ބުނެފައި ވަނީ މި މަހުގެ 5 ގައި އެ ޕާޓީން އީސީ އަށް ފޮނުވި ސިޓީއަށް ރިޢާޔަތްކު ރުމެއް ނެތި ޕާޓީ ޖޫރިމަނާ ނުކުރެވޭނެ ކަމަށެވެ. އަދި އެ ޕާޓީން ބުނި އީސީން އެޅި ފިޔަވަޅަކީ އެއްވެސް އަސާސެއް ނެތް، އަދި ސިޔާސީ މަސައްކަތްތަކަށް ހުރަސް އެޅުމުގެ ނިޔަތުގައި ނިންމާފައިވާ ބޭއިންސާފު ނިންމުމެއް ކަމަށެވެ.
ޕީއެންއެފުން ބުނީ ކަމާބެހޭ މުއައްސަސާތަކުންއެފަދަ ފިޔަވަޅުތައް އަޅާއިރު، ކަން ހިނގާފައިވާ ގޮތް ފުރިހަމައަށް ތަހުގީގުކޮށް އިންސާފުވެރިކަމާއެކު އަމަލު ކުރަން ޖެހޭނެ ކަމަށެވެ.