Last Updated: July 11, 10:01
Saturday, July 11, 2026
ޚަބަރު

އައްޑޫ ބިޒްނެސް ޑައިލޮގް މާދަމާ ފަށަނީ

ފޭދޫގެ ކާމިޔާބު ކުދި ވިޔަފާރިއެއް ކަމަށްވާ ނޮޑީސް ކެފޭ.

މާދަމާ އައްޑޫގައި ފަށަން ހަމަޖެހިފައިވާ "އައްޑޫ ބިޒްނަސް ޑައިލޮގް" ގައި 500 އެއްހާ ފަތާތްތަކުން ބައިވެރިވާނެ ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެ އެވެ.

ރައީސް އޮފީހުގެ މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި އޭގައި ބައިވެރިވާނ ހުޅުވައިލުމުން މިހާތަނަށް 500 އަށް ވުރެ ގިނަ މީހުން ރަޖިސްޓްރޭޝަންގައި އުޅޭ ކަމަށެވެ.

ސައީދު ވިދާޅުވި ގޮތުގައި ހިތަދޫ ނޫރާނި ސްކޫލްގައި ކުރިއަށް ގެންދަން ހަމަޖެހިފައިވާ "އައްޑޫ ބިޒްނަސް ޑައިލޮގް" ވެގެން ދާނީ މި ސަރުކާރުން ހާއްސަ ލުއިތަކެއް ދީގެން 2027-2029 އަށް އައްޑޫގެ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތައް ކުރިއަރުވަން ކުރަން ހުރި ކަންކަމާ ގުޅޭ ގޮތުން ވަރަށް ފުޅާކޮށް މަޝްވަރާތައް ކުރެވި ހިޔާލު ބަދަލު ކުރެވޭނެ ކަމަށް ހަރަކާތެއް ކަމަށެވެ.

ސައީދު ވިދާޅުވި ގޮތުގައި ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވިސްނުންފުޅަކީ އައްޑޫގައި ވިޔަފާރިތައް ފުޅާކޮށް، ވަޒީފާގެ ފުރުސަތުތަކަކާ އެކު އާމްދަނީ ހޯދޭނެ ފަހި ފުރުސަތުތަކެއް ފަހިކޮށް ދިނުމެވެ. އެހެންވެ ބުދަ ދުވަހާއި ބުރާސްފަތި ދުވަހު ކުރިއަށް ގެންދާ އައްޑޫ ބިޒްނެސް ޑައިލޮގް އަކީ ވަރަށް ކާމިޔާބު އިވެންޓަކަށް ވާނެކަމުގެ އުންމީދު ބޮޑު ކަމަށް ވިދާޅުވި އެވެ.

ސައީދު ވިދާޅުވީ އޭގައި އިކޮނޮމިކް މިނިސްޓްރީގެ އިތުރުން ގިނަ އަދަދެއްގެ ވިޔަފާވެރިން ބައިވެރިވާ އިރު، ސަރުކާރުގެ އެކި މިނިސްޓްރީތަކާއި މީރާގެ އިތުރުން ވެސް ކަމާ ގުޅުން ހުރި އެކި ފަރާތްތަކުން ބައިވެރިވާނެ ކަމަށެވެ.