Last Updated: July 12, 17:36
Sunday, July 12, 2026
ޚަބަރު

އަލައިކާ ޓޫރިޒަމްގެ ސްޓޭޓް މިނިސްޓަރަކަށް

ޓޫރިޒަމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުގެ މަގާމަށް އާޝިޔަތު އަލައިކާ އައްޔަންކޮށްފި އެވެ.

އޭނަ އަކީ މިދިޔަ މަހު ބޭއްވި މާލޭގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ (ޑަބްލިއްޑީސީ) ގެ ރައީސްގެ މަޤާމަށް ޕީއެންސީގެ ފަރާތުން ވާދަކުރައްވައި ނާކާމިޔާބުވި މީހެކެވެ.

އޭނަ ޓޫރިޒަމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރަކަށް އައްޔަންކުރި ނަމަވެސް އެކަމާ ގުޅޭ ގޮތުން ސަރުކާރުން އެކަމާ ބެހޭ ގޮތުން ރަސްމީކޮށް އަދި އެއްޗެއް ބުނެފައެެއް ނުވެ އެވެ.

އަލައިކާ އަށް ޓޫރިޒަމް މިނިސްޓްރީގެ އިސް މަގާމެއް ދީފައި ވަނީ ސިޔާސީ މަގާމުތަކުގައ ތިބި މީހުން މަދު ކުރުމުގެ މަސައްކަތްތަކެއް ސަރުކާރުން ފަށާފައިވާ ދަނޑިވަޅެއްގަ އެވެ.