Last Updated: July 17, 18:07
Friday, July 17, 2026
ޚަބަރު

ކުޑަކުދިންނާ ބެހުނު މީހަކު 15 އަހަރަށް ޖަލަށް

ކުޑަކުދިންތަކަކަށް ޖިންސީގޯނާ ކުރި މީހެއްގެ މައްޗަށް ކުށް ސާބިތުވެ 15 އަހަރަށް ޖަލަށް ލާން ހުކުމްކޮށްފި އެވެ.

އެ ހުކުމް އިއްވާފައި ވަނީ ގއ. ކަނޑުހުޅުދޫ، މުރަކަ، ޝަރަފުﷲ އިސްމާޢީލް، 43، ގެ މައްޗަށެވެ. (43އ) ގެ މައްޗަށެވެ.

އޭނާގެ މައްޗަށް ދައުވާކުރީ ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެ ދު ހާއްސަ އުސޫލުތަކަކަށް އަމަލުކު ރުމުގެ ގާނޫނުގެ ދަށުންނެވެ.

މި މައްސަލާގައި ހުށަހެޅުނު ހެކިތަކަށާއި ގާނޫނީ ބަހުސްތަކަށް ބެލުމަށް ފަހު، ޝަރަފުﷲ ގެ މައްޗަށް ކުށް ސާބިތުވާ ކަމަށް ކަނޑައަޅައި، އެ ކުށުގެ އަދަބެއްގެ ގޮތުން 15 އަހަރު ދުވަހުގެ މުއްދަތަށް ޖަލަށް ލުމަށް ކްރިމިނަލް ކޯޓުން ހުކުމްކުރީ މިދިޔަ މަހުގެ 30 ގަ އެވެ.