Last Updated: July 12, 17:36
Sunday, July 12, 2026
ޚަބަރު

ފޮރިން މިނިސްޓަރު އިންޑިއާ އަށް

ފޮރިން މިނިސްޓަރު އިރުތިޝާމް އާދަމް ރަސްމީ ދަތުރެއްގައި އިންޑީއާ އަށް ފުރާވަޑައިގެންފި އެވެ.

މިނިސްޓަރުގެ މި ދަތުރަކީ އިންޑިއާގެ ފޮރިން މިނިސްޓްރީގެ ދައުވަތަކަށް ކުރައްވާ ދަތުރެކެވެ. މިއީ މިދިޔަ މަހު ފޮރިން މިނިސްޓަރަކަށް އައްޔަންކުރި ފަހުން ގައުމުން ބޭރަށް އިރްތިޝާމް ކުރައްވާ ރަސްމީ ފުރަތަމަ ދަތުރެވެ.

އޭގެ ކުރިން އޭނަ ހުންނެވީ އިނގިރޭސިވިލާތުގެ ސަފީރުގެ މަގާމުގަ އެވެ.

ފޮރިން މިނިސްޓްރީން ބުނީ އިރުތިޝާމް، އިންޑިއާގެ ދަތުރުގެ ތެރެއިން އެ ގައުމުގެ އެކްސްޓަރނަލް އެފެއާޒް މިނިސްޓަރ ޑރ. އެސް. ޖަޔަޝަންކަރާއެކު ރަސްމީ ބައްދަލުވުމެއް ބާއްވަން ހަމަޖެހިފައިވާ ކަމަށެވެ. އެވެ. އެ ބައްދަލުވުމަކީ ދެ ޤައުމުގެ ދެމެދުގައި އޮތް ބައިލެޓަރަލް އަދި މަލްޓިލެޓަރަލް ގުޅުންތައް މުރާޖަޢާކޮށް، ދެ ފަރާތުގެ މަސްލަޙަތު ހުރި މުހިންމު ކަންކަމާ ގުޅޭ ގޮތުން މަޝްވަރާކުރުމަށް ލިބިގެންދާނެ ފުރުޞަތެއް ކަމަށް ވެސް މިނިސްޓްރީން ބުންޏެވެ.

މިނިސްޓަރާ އެކު ދަތުރުގައި އެޑިޝަނަލް ސެކްރެޓަރީ ޑރ. އިބްރާހީމް ޒުހުރީ އާއި އެސިސްޓަންޓް ޑައިރެކްޓަ އާމިނަތު ގުރައިޝާ ވެސް ބައިވެރިވެވަޑައިގަންނަވަ އެވެ.