Last Updated: April 23, 23:56
Tuesday, April 23, 2024
ސިޔާސީ

ހިތަދޫ ރީޖަނަލް ހޮސްޕިޓަލް މާލޭ ހޮސްޕިޓަލް ފެންވަރަށް ހަދައި ދޭނަން: ގާސިމް

ސ. ހިތަދޫ ރީޖަނަލް ހޮސްޕިޓަލް މާލޭ ހޮސްޕިަޓަލްތަކާއި އެއް ފެންވަރަށް ހަދައި ދޭނެ ކަމަށް ޖުމުހުރީ ޕާޓީގެ ރިއާސީ ކެންޑިޑޭޓް އަދި މަޝްހޫރު ވިޔަފާރިވެރިއާ ގާސިމް އިބްރާހިމް ވިދާޅުވެއްޖެ އެވެ.

ކޮންމެ އަންގާރަ ދުވަހެއްގެ ރޭ ބާއްވާ އެ ޕާޓީގެ އާންމު ޖަލްސާގައި ވާހަކަ ދައްކަވަމުން ގާސިމް ވިދާޅުވީ މިހާތަނަށް ރާއްޖެތެރޭގެ "ރަށްރަށަށް އެއްވެސް ކަހަލަ އަޅާލުމެއް ދެވިފައި ނެތް" ކަން ވަރަށް ސާފުކޮށް އެނގޭ ކަމަށެވެ.

އެގޮތުން ރާއްޖެތެރެއަށް އަޅާލެވުނުނަމަ ހދ. ކުޅުދުއްފުއްޓާއި ހިތަދޫ ހޮސްޕިޓަލް އާދައިގެން ފެންވަރެއްގައި މިހާރު ހުންނާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ތަރައްގީ ގައިމު" ޝިއާރުގެ ދަށުން ރިޔާސީ ކެމްޕޭން ފައްޓަވާފައިވާ ގާސިމް ރޭވެސް ވަނީ ގިނަވައުދުތަކެއް ވެފައެވެ.
އެގޮތުން ވިދާޅުވީ ހިތަދޫ ހޮސްޕިޓަލާއި ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް މާލޭގެ ފެންވަރަށް ގެންގޮސް ދޭނެ ކަމަށެވެ

އަދި އޭ ލެވެލް އިމްތިހާނުން ފަސް މާއްދާއިން ފާސްވާ ކޮންމެ ކުއްޖަކަށް ޑިގްރީ އަށް ކިޔެވޭނެ ގޮތް ތަނަވަސްކުރައްވާނެ ކަމާއި ހުރިހާ ރަށެއްގައި ޕްރީ ސްކޫލް ވެސް ގާއިމުކޮށްދެއްވާނެ ކަމަށްވެސް ގާސިމް ވިދާޅުވި އެވެ.

އަދި ގްރޭޑް އަށަކުން މަތީގެ ކޮންމެ ދަރިވަރަކަށް ލެޕްޓޮޕެއް ދެއްވާނެ ކަމަށާއި އެކަމަށް ދައުލަތުގައި ފައިސާ ނެތް ނަމަ އަމިއްލަ ހަރަދުގައި ވެސް ކޮށްދެއްވާނެ ކަމަށް ގާސިމް ވައުދުވެވަޑައިގެންނެވި އެވެ.