މަޝްހޫރު ލަވަކިޔުންތެރިޔާ އަދުނާންގެ ސާމީގެ އާ ލަވަ 'ލިޕްސްޓިކް' ވީޑިއޯއާ އެކު އާންމުންނަށް ދޫކޮށްލައިފި އެވެ.
އާ ލަވައެއް ގެނެސްދޭން އުޅޭކަމުގެ އިޝާރާތެއް މީގެ ދެ ދުވަސް ކުރިން ދިނުމަށް ފަހު، މިއަދު އާންމުކުރި ލަވަ އަކީ އަދުނާން ސާމީގެ ސޯލޯ ލަވައެކެވެ. ލަވައިގެ މިއުޒިކް ވެސް އޭނަ ހެދި އިރު، ޅެން ލިޔުނީ މަހީމާ ބަރަދްވާޖެވެ.
ކުޑަވަރެއްގެ ފިލްމެއް ގޮތަށް ތައްޔާރުކޮށްފައިވާ 'ލިޕްސްޓިކް' ގެނެސްދީފައި ވަނީ ޒީ މިއުޒިކް ކޮމްޕެނީގެ ތައްގަނޑުގަ އެވެ.
ޕާކިސްތާނަށް ނިސްބަތްވާ އަދުނާން ސާމީ އަކީ ކުރިން ވެސް މަގުބޫލު ވީޑިއޯ ލަވަތަކެއް ގެނެސްދީފައިވާ ފަންނާނެކެވެ. އޭނަ އަކީ އިންޑިއާގެ ރަށްވެހިކަން ހޯދައިގެން އެ ގައުމުގައި ދިރިއުޅެމުން އަންނަ މީހެކެވެ.