އިލެކްޝަންސް ކޮމިޝަން (އީސީ) ގެ މެންބަރު ކަމަށް ކުރިމަތިލުމުގެ ފުރުސަތު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން މިއަދު ހުޅުވާލައިފި އެވެ.
މި މަގާމަށް ކުރިމަތިލުމަށް ހުޅުވާލީ އެ ކޮމިޝަންގެ ރައީސް މުހައްމަދު ޒާހިދު މި މަހުގެ ފުރަތަމަ ދުވަހު އިސްތިއުފާ ދެއްވުމުންނެވެ.
އީސީގެ މެންބަރު ކަމަށް ކުރިމަތިލުމުގެ ފުރުސަތު ވަނީ މިއަދުން ފެށިގެން ޖޫން ތިން ވަނަ ދުވަހުގެ 12:00 ގެ ނިޔަލަށް ހުޅުވާލައިފަ އެވެ.
އީސީގެ މެންބަރުކަމަށް ކުރިމަތިލުމަށް އެދޭ ފޯމާއި، އިޤްރާރާއި، ކުށުގެ ރެކޯޑް ފޯމު ދޫކުރުމާއި، ފޯމުތަކާއި އިޤްރާރު ބަލައިގަތުމަށް ހަމަޖެހިފައިވަނީ، މިކަމަށް ކުރިމަތިލުމަށް ދީފައިވާ މުއްދަތުގައި، ރަސްމީ ބަންދު ދުވަސްތައް ފިޔަވައި، އެހެން ދުވަސްދުވަހުގެ ހެނދުނު 8:30 އިން 12:00 އަށް ރައީސް އޮފީހުންނެވެ.
އަދި އެ އޮފީހުގެ ވެބްސައިޓް https://presidency.gov.mv އިން ފޯރމާއި އިޤްރާރު ޑައުންލޯޑް ކުރެވޭނެ އެވެ.