Last Updated: July 12, 16:37
Sunday, July 12, 2026
ޚަބަރު

ސަރުކާރު ހޮވީ ފަސް އަހަރަށް، ވައްޓައެއް ނުލެވޭނެ

އޭދަފުށީ ދާއިރާގެ މެންބަރު އަހުމަދު ސަލީމް - ފޮޓޯ: ޕީއެންސީ

ރައްޔިތުން މި ސަރުކާރު ހޮވީ ފަސް އަހަރަށް ކަމަށާއި، ސަރުކާރު ވައްޓައެއް ނުލެވޭނެ ކަމަށް ރައްޔިތުންގެ މަޖިލިހުގެ އޭދަފުށީ ދާއިރާގެ މެމްބަރު އަހުމަދު ސަލީމް (ރެޑްވޭވް ސަލީމް) މިރޭ ވިދާޅުވެއްޖެ އެވެ.

ސަލީމް މިހެން ވިދާޅުވީ މިއީ ދެ އަހަރާއި ބައިގެ ސަރުކާރެއް ކަމަށާއި މި ސަރުކާރު ނިންމާނެ ކަމަށް ބުނެ އެކްސްގައި މީހަކު ކުރި ޕޯސްޓަކަށް ރައްދު ދެއްވަމުންނެވެ.

ސަލީމް ވިދާޅުވީ މި ސަރުކާރަކީ ފަސް އަހަރުގެ ދައުރަކަށް ރައްޔިތުން އިންތިހާބު ކޮށްފައިވާ ސަރުކާރެއް ކަމަށާއި، ސަރުކާރު ވައްޓާލުމުގެ ފުރުސަތު ރައްޔިތުން ނުދޭނެ ކަމަށެވެ.

"މި ސަރުކާރު ފަސް އަހަރުވަންދެން ދެމި އޮންނާނެ، ޔަގީން. އަދި އެ ފުރުސަތު ރައްޔިތުން ނުވެސް ދޭނެ،" ސަލީމް ވިދާޅުވި އެވެ.