Last Updated: July 11, 02:43
Friday, July 10, 2026
ޚަބަރު

ފޭދޫ ހޭޅިފަށުން ރުއް ކަނޑާ މައްސަލަ އަނެއްކާ ވެސް ބޮޑުވެއްޖެ

އައްޑޫ ފޭދޫގެ ހޭޅިފަށުން ރުއް ކަނޑާ މައްސަލަ އަނެއްކާ ވެސް ބޮޑުވެއްޖެ އެވެ.

މިކަމާ ގުޅިގެން އަވަށު އޮފީހުން ނެރުނު އިއުލާނެއްގައި ބުުނީ ހޭޅިފަށް ސަލާމަތަށާއި ތިމާވެށި ހިމާޔަތް ކުރުމުގެ ގޮތުން ހިންގޭ ޕްރޮގްރާމްތަކުގެ ތެރެއިން ހޭޅިފަށިގައި އިންދާފައި ރުއްތައް، ކަނޑައި ރުއް ކުރިކުރަމުންދާ މައްސަލަ އިތުރުވެފައިވާ ކަމަށެވެ. އަދި ރުއްތައް ކަނޑައި ރުއްތައް ކުރިކުރުމަށް ފަހު ރުކުގެ ކުރިގަނޑު ވިއްކަމުންދާކަމުގެ ރިޕޯޓް ވެސް ނީ ތަކުރާރުކޮށް އަވަށު އޮފީހަށް ލިބެމުންދާ ކަމަށް ބުންޏެގެ.

އެހެންވެ މިކަން ހުއްޓުވުމަށް ފޭދޫގެ ހުރިހާ ރައްޔިތުންގެ ފުރިހަމަ އެއްބާރުލުން ބޭނުންވާ ކަމަށާއި ބަޔަކު ރުއްތަކަށް ގެއްލުން ދޭ ތަން ފެނިއްޖެނަމަ، ނުވަތަ އެފަދަ މަޢުލޫމާތެއް ލިބިއްޖެނަމަ އަދި ރުއްކުރި އެއްވެސް ބަޔަކަށް ވިއްކަމުންދާކަމުގެ މަޢުލޫމާތު ލިބިއްޖެ ނަމަ، ވަގުތުން އަވަށު އޮފީހުގެ ނަންބަރު 7789044 އަށް ގުޅައި ހިއްސާކޮށް ދޭން އެދިފައިވެ އެވެ.

މިދިޔަ އަހަރުގެ ކުރީކޮޅު ވެސް ހަމަ މި މައްސަލަ ބޮޑުވެގެން އެކަން އާންމުންގެ ސަމާލު ކަމަށް ފޭދޫ އަވަށު އޮފީހުން ގެނެސްފައިވެ އެވެ.

ފޭދު އަކީ ވަށައިން ބިން ހިއްކާފައި އޮޮންނަ އަވަށެކެވެ. އަދި ރަށް ވަށައިން ރުއްތައް އިންދާފައިވެ އެވެ.