Last Updated: July 11, 13:48
Saturday, July 11, 2026
ޚަބަރު

މެންބަރުންގެ ވަޓްސްއެޕް ގްރޫޕުން ނާޒިމު ބޭރުކޮށްފި

ވެރިކަން ކުރާ ޕާޓީ، ޕީއެންސީގެ ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ތިއްބަވާ ވަޓްސްއެޕް ގްރޫޕުން މަޖިލީހުގެ ނައިބު ރައީސް އަހުމަދު ނާޒިމް ބޭރުކޮށްލައިފި އެވެ.

ދިއްގަރު ދާއިރާގެ މެންބަރުކަން ކުރައްވާ ނާޒިމު ގްރޫޕުން ބޭރުކޮށްފައި ވަނީ މިއަދެވެ. އެ ގްރޫޕަކީ ރައީސް ޑރ. މުހައްމަދު މުއިއްޒު ވެސް އުޅުއްވާ ގްރޫޕެކެވެ.

ނާޒިމާ މެދު މިފަދަ ފިޔަވަޅެއް އެޅި އިރު، މަޖިލީހުގެ ދެ ކޮމިޓީއަކުން ވެސް މިދިޔަ މަހުގެ ތެރޭގައި އޭނަ ވަކިކޮށްފައިވެ އެވެ. އެގޮތުން މާލިއްޔަތު ކޮމިޓީ އާއި ސަލާމަތީ ޚިދުމަތްތަކާ ބެހޭ (241) ކޮމިޓީން އޭނަ ވަކިކޮށްފައެވެ. އަދި ނާޒިމުގެ ބަދަލުގައި 241 ކޮމިޓީއަށް އައްޔަންކޮށްފައި ވަނީ ފުވައްމުލަކު އުތުރު ދާއިރާގެ މެންބަރު ޙަމަދު އަބްދުﷲ އެވެ. އަދިމާލިއްޔަތު ކޮމިޓީ އަށް ނާޒިމުގެ ބވަދަލުފައި އައްޔަންކޮށްފައިވަނީ މައްޗަންގޮޅި މެދު ދާއިރާގެ މެންބަރު އަހުމަދު ޒަމީރެވެ.

ނާޒިމަކީ ސިޔާސީ ދާއިރާގައި މަސައްކަތްކުރައްވާ ވަރަށް ތަޖުރިބާ ހުންނެވި ބޭފުޅެކެވެ.