Last Updated: July 11, 11:51
Saturday, July 11, 2026
މުނިފޫހިފިލުވުން

މޯނީގެ ކައިވެނި ރޫޅުމުގެ މަގުމަތީގައި!

އިންޑިއާގެ ބަތަލާ މޯނީ ރޯއިގެ ކައިވެނި މިހާރު އޮތީ ރޫޅުމުގެ ތުންފަތްމަތީގައި ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

މީޑިއާތަކުން ބުނީ އޭނަ އާއި ފިރިމީހާ، ސޫރަޖް ނަމްބިއާގެ ގުޅުމުގައި ކުނި ޖެހި، ދެ މީހުން މިހާރު ދިރިއުޅެމުން ވެސް ދަނީ ވަކިން ކަމަށެވެ.

ރިޕޯޓްތައް ބުނާ ގޮތުން ކައިވެނީގެ ބޭރުން ގުޅުމެއް ހިންގައި، ސޫރަޖް ވަނީ މޯނީ އަށް ބޭވަފާތެރިވެފަ އެވެ. އެ ދެ މީހުން ކައިވެނިކުރީ 2022 ގަ އެވެ. ސޫރަޖަކީ ދުބާއީގައި ދިރިއުޅެމުން އަންނަ އަންނަ އިންޑިއާގެ ވިޔަފާރި އާއިލާއަކަށް ނިސްބަތްވާ މީހެކެވެ.

މޯނީ އާއި ސޫރަޖް ވަރިފަށަށް އަރާފައިވާ އިރު، އެ ދެ މީހުން ވަނީ އިންސްޓަގްރާމުން އެކަކު އަނެނަކު އަންފޮލޯ ވެސް ކޮށްފަ އެވެ.

މޯނީ، 40، އަކީ ޓީވީ ސިލްސިލާތަކުން މަޝްހޫރުކަން ހޯދުމަށް ފަހު، މިހާރު ބޮލީވުޑްގައި މަސައްކަތް ކުރަމުން އަންނަ ބަތަލާއެކެވެ. އޭނަގެ ކުރިއަށް ހުރި ފިލްމުތަކުގެ ތެރޭގައި އަންނަ މަހު ރިލީޒް ކުރަން ހަމަޖެހިފައިވާ 'ހެ ޖަވާނީ ތޯ އިޝްގް ހޯނާ ހޭ' އާއި ރިލިޒްކުރާނެ ތާރީހެއް އަދި އިއުލާން ނުކުރާ 'ދަ ވައިވްސް' ހިމެނެ އެވެ.