Last Updated: July 11, 10:01
Saturday, July 11, 2026
ޚަބަރު

ސިމެންތީގެ ދަތިކަން ވަރަށް އަވަހަށް ހައްލުވާނެ

އިމާރާތް ކުރުމުގެ މަސައްކަތަށް ބޭނުންވާ ސިމެންތި އާއި ހިލަވެލި ފަދަ ތަކެތީގެ ދަތިކަން ވަރަށް އަވަހަށް ހައްލުވާނެ ކަމަށް އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު ޝިމާދު އިބްރާހީމް ވިދާޅުވެއްޖެ އެވެ.

އިކޮނޮމިކް މިނިސްޓްރީން ސިލްސިލާކޮށް ކުރިއަށް ގެންދާ ޓްްރޭޑް ޑެސްކް ޕޮޑްކާސްޓްގައި ޝިމާދު ވިދާޅުވީ އިމާރާތް ކުރުމުގެ ދާއިރާ އަށް ބޭނުންވާ ތަކެތީގެ ދަތިކަން ރާއްޖެ އަށް ކުރިމަތިތީ މެދުއިރުމަތީގެ ހަނގުރާމައިގެ ސަބަބުން ކަމަށެވެ.

ޝިމާދު ވިދާޅުވި ރާއްޖެ އަށް އެންމެ ގިނައިން ސިމެންތިއާއި ހިލަވެލި ގެންނަނީ މެދުއިރުމަތީގެ ގައުމުތަކު ކަމަށެވެ. އެގޮތުން ހިލަވެލި އެންމެ ގިނައިން ރާއްޖެއަށް ގެންނަނީ ޔޫއޭއީގެ ފުޖެއިރާއިން ކަމަށައި ސިމެންތި އެންމެ ގިނައިން ގެންނަނީ އޮމާނުން ކަމަށް ވިދާޅުވި އެވެ.

ޝިމާދު ވިދާޅުވީ އެ ތަކެތީގެ ދަތިކަން ކުރިމަތިވުމާ ގުޅިގެން ޑިމާންޑު ބޮޑުވެ، ތަކެތީގެ އަގުތަކަށް ވެސް ބޮޑެތި ބަދަލުތަކެއް އައިސްފައިވާ ކަމަށެވެ.

"މެދުއިރުމައްޗަކީ މުދާ އުފައްދާ ސަރަހައްދަކަށްވެފައި، ހާއްސަކޮށް ކޮންސްޓްރަކްޝަން މެޓީރިއަލް، އަނެއްކޮޅުން ކޮންސްޓްރަކްޝަން މެޓީރިއަލްގެ އެންމެ ބޮޑު ކޮންޒިއުމާ. މިހާރު ދުބާއީ ސައުދީ އަދި ގަތަރު ތަންތަނުގައި އިމާރާތްތައް އެދަނީ ދުވަހުން ދުވަހަށް އިތުރުވަމުން އަދި އުސްވަމުން،އޭ" ނަ ވިދާޅުވި އެވެ. "އެހެންވީމާ މެދުއިރުމަތިން ދުނިޔޭގެ އެހެން ގައުމުތަކަށް މުދާ އެކްސްޕޯޓުކު ރުން ހުއްޓައިލުމުގެ އިތުރުން މެދުއިރުމަތިން ކުއަރީސް އެބަދޭ އެހެން ގައުމުތަކަށް."

ނަމަަވެސް ވަރަށް އަވަހަށް ކޮންސްޓްރަކްޝަން ދާއިރާގެ މަސައްކަތަކަށް ބޭނުންވާ އަސާސޫ ތަކެތި ލިބޭނެ ކަމަށް ޝިމާދު ވިދާޅުވި އެވެ. އޭނަ ވިދާޅުވީ މުދާ ލިބުމުން ރާއްޖޭގެ ހުރިހާ ހިސާބަކަށް އެ ތަކެތި ފޯރުކޮށް ދިނުމުގެ މަސައްކަަތް ކުރެވޭނެ ކަމަށެވެ.