ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ބޭންކް ފަންޑަށް ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުސަތު މިއަދު ހުޅުވާލައިފި އެވެ.
މި ފަންޑަކީ ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ ޖަމިއްޔާ ޖަމާއަތްތަކަށް އަމާޒުކޮށްގެން އެ ފަރާތްތަކުން ހިންގަން ބޭނުންވާ ދެމެހެއްޓެނިވި އެކި މަޝްރޫޢުތައް ހިންގުމަށް މާލީ އެހީތެރިކަން ފޯރުކޮށް ދިނުމަށް ކޮންމެ އަހަރަކު ވެސް މާލީ އެހީ ފޯރުކޮށް ދެމުން އަންނަ ފަންޑެކެވެ.
ޕްރޮޕޯސަލް ހުށަހެޅުމުގެ އެންމެ ފަހު ސުންގަޑިއަކީ އަންނަ މަހުގެ 14 ގެ މެންދުރު ފަހު 2:00 އެވެ.
ކޮންމެ އަހަރަކު ވެސް ބޭންކް ފަންޑް ކާމިޔާބުކުރާ 5 ފަރާތަކަށް އެހީ ދެ އެވެ. އެގޮތުން މި އެހީ ދެނީ ތަޢުލީމު، ތިމާވެށި، ކުޅިވަރުގެ ދާއިރާއިން ނުވަތަ މުޖުތަމަޢަށް ފައިދާހުރި ޕްރޮޖެކްޓްތައް ހިންގުމަށް 200،000ރ. އެވެ.
ގައުމީ ބޭންކްގެ މި ފަންޑް ހިންގަމުން އަންނަތާ މިއީ 3 ވަނަ އަހަރެވެ.