Last Updated: July 17, 18:07
Friday, July 17, 2026
ޚަބަރު

ނާޒިމު މަޖިލީހުގެ ނައިބު ރައީސްކަމުން ވަކި ކުރަނީ

ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސްކަމުން ދިއްގަރު ދާއިރާގެ މެންބަރު އަހްމަދު ނާޒިމް ވަކިކުރުމުގެ މައްސަލަ މަޖިލީހަށް ވައްދަން ޕީއެންސީގެ ޕާލިމަންޓްރީ ގްރޫޕް (ޕީޖީ) އިން ނިންމައިފި އެވެ.

މިއަދު ހެނދުނު އެގޮތަށް ނިންމައި އޭނާގެ އިތުބާރު ނެތްކަމުގެ މަައްސަލައިގައި ސޮއިކޮށް، އެ މައްސަލަ މަޖިލީހަށް ވެއްދުމަށް ނިންމާފައިވެ އެވެ.

ނާޒިމް މަޖިލީހުގެ ނައިބު ރައީސްކަމިން ވަކިކުރަން މިއަދު ނިންމ އިރު، ރައީސް ޑރ. މުހައްމަދު މުއިއްޒު މެންބަރުންނަށް އިރުޝާދު ދެެއްވުމަށް ގެންގުޅުއްވާ ވަޓްސްއެޕް ގްރޫޕުން ވެސް ނާޒިމް ވަނީ މިއަދު ބޭރުކޮށްފަ އެވެ. ނަމަވެސް ސަބަބެއް ސާފެއް ނުވެ އެވެ.

ނަމަވެސް އަޑުތައް އަރާފައިވާ ގޮތުން ނާޒިމް ވަކިކުރުމުގެ މަޝްވަރާތަކެއް ފެށީ އޭނަ މަޖިލިސް ތެރެއިން ރައީސް މުއިއްޒާއި ސަރުކާރާ ދެކޮޅަށް މަސައްކަތްތަކެއް ކުރައްވާ ކަމަށް ބުނެ އެވެ.

ޕީއެންސީގެ ސުޕަ މެޖޯރިޓީ އޮތް މަޖިލީހުގެ ރައީސަކީ ފޮނަދޫ ދާއިރާގެ މެންބަރު އަބްދުއްރަހިީމް އަބްދުﷲ އެވެ.