Last Updated: July 11, 07:37
Saturday, July 11, 2026
ޚަބަރު

ކްރޫޒް ލައިނާއަކުން 1،000 އަށް ވުރެ ގިނަ ޓޫރިސްޓުން

އަނެއްކާ ވެސް ކްރޫޒް ލައިނާ އެކު ގިނަ އަދަދެއްގެ ޓޫރިސްޓުން ރާއްޖެ އަށް ޒިޔާރަތްކޮށްފި އެވެ.

ކްރޫޒްލައިނާ "އެމްއެސް ރެގާޓާ" އިން 1،000 އަށް ވުރެ ގިނަ ޓޫރިސްޓުން އައިސްފައިވާ އިރު، އެއަށް އިމިގްރޭޝަންގެ ސީޕޯޓް ޑިވިޝަނުން މިއަދު ވަނީ ކްލިއަރެންސް ދީފަ އެވެ.

އެ ކްރޫޒްލައިނާއި 623 ފަސިންޖަރުންނާއި 395 ކްރޫން ހިމެނެ އެވެ. އެ ކްރޫޒްލައިނާ ރާއްޖެ އައިސްފައި ވަނީ ސްރީ ލަންކާގެ ކޮލަމްބޯއިން ފުރައިގެންނެވެ.

ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކާ ގޮތުން މި އަހަރުގެ މިހާތަނަށް ކްރޫޒްލައިނާތަކުގައި ރާއްޖެ އަށް 13،800 އަށް ވުރެ ގިނަ ޓޫރިސްޓުން ޒިޔާރަތްކޮށްފައިވެ އެވެ.