Last Updated: July 17, 18:07
Friday, July 17, 2026
ޚަބަރު

ބޮޑު އީދު ބަންދަށް އިތުރު ދެ ދުވަސް

ރައީސުލްޖުމްހޫރިއްޔާގެ އޮފީސް--

މި މަހުގެ 24 އަދި 25 ވަނަ ދުވަހަކީ ސަރުކާރު ބަންދު ދުވަސްތަކެއް ކަމަށް ކަނޑައަޅައިފި އެވެ.

ރައީސް އޮފީހުން ބުނީ މިގޮތަށް ނިންމެވީ އީދު ބަންދާ ގުޅިގެން އާއިލާއާ އެކު ގިނަ ދުވަސް ހޭދަކުރުމަށް ފުރުސަތު ފަހިކޮށްދިނުމަށް، މެދުނުކެނޑޭ ގޮތަށް ބަންދު ދުވަސްތައް ހަމަޖައްސައިދިނުމަށް ކަމަށެވެ.

މިއާ އެކު މި މަހުގެ 22 ވާ ހުކުރު ދުވަހުން ފެށިގެން މި މަހުގެ 30އާ ހަމައަށް ސަރުކާރު ބަންދުވާނެ އެވެ.

ކަލަންޑަރުގައިވާ ގޮތުން އީދު ދުވަހަކީ މި މަހުގެ 27 ވާ ބުދަ ދުވަހެވެ. އީދު ބަންދަށް ފަހު ސަރުކާރު ހުޅުވޭނީ މި މަހުގެ 31 ވަނަ ދުވަހު އެވެ.