Last Updated: July 17, 18:07
Friday, July 17, 2026
ޚަބަރު

ފިޔާޒާއި ހަސަންގެ ޝަރީއަތް ފަށައިފި

ފިޔާޒު އާއި ހަސަން ކޯޓަށް ވަންނަނީ - ފޮޓޯ: އަދަދު

ރައީސް ޑރ. މުހައްމަދު މުއިއްޒު ގަފުޒުުކުރިކަމުގެ ތުހުމަތުގައި 'އަދަދު' ނޫހުގެ ސީއީއޯ ހުސައިން ފިޔާޒު މޫސާ އާއި އެ ނޫހުގެ އެޑިޓަރު ހަސަން މުހައްމަދުގެ މައްޗަށް އުފުލާފައިވާ ދައުވާތަކުގެ ޝަރީއަތް މިއަދު ފަށައިފި އެވެ.

މި މައްސަލައިގެ ޝަރީއަތް ފަށަން، މިއަދު 1 ޖެހިއިރު ކްރިމިނަލް ކޯޓުގައި އޮތް އިބްތިދާއީ އަޑުއެހުމުގައި ވަނީ ދައުވާތަކާ ގުޅޭ ލިޔެކިއުންތައް ބަދަލުކޮށްފަ އެވެ. މި މައްސަލައިގެ އަޑުއެހުންތައް ކުރިއަށް ގެންދަނީ ސިއްރުކޮށްގެންނެވެ.

ފިޔާޒާއި ހަސަންގެ މައްޗަށް ގަޒުފުކުރުމުގެ ކުށުގެ ދައުވާ ޕްރޮސެކިއުޓަ ޖެނެރަލް (ޕީޖީ) އޮފީހުން އުފުލީ މާޗް 18 ގައި "އަދަދު" ނޫހުން ގެެނެސްދިިން ޑޮކިއުމަންޓަރީއަކާ ގުޅިގެންނެވެ. އެ ޑޮކިއުމަންޓަރީގައި ކާކުކަން ނޭނގޭ ގޮތަށް އިންޓަވިއު ދިން ރައީސް އޮފީހުގެ ކުރީފެ އަންހެން މުވައްޒަފަކު ވަނީ ރައީސް މުއިއްޒުގެ މައްޗަށް އަހުލާގީ ގޮތުން ދަށް އަމަލުތަކެއް ހިންގެވި ކަމަށް ތުހުމަތުތަކެއްކޮށްފަ އެވެ

މި މައްސަލައާ ގުޅިގެން ފިޔާޒާއި ހަސަންގެ ޕާސްޕޯޓު ވަނީ ހިފަހައްޓާފަ އެވެ.

އެ ޑޮކިއުމެންޓްރީއާ ގުޅޭ ގޮތުން އެއްވެސް ވާހަކައެއް ނުދައްކަން ކޯޓުން އަމުރުކޮށްފައިވަނިކޮށް، އެކަމާ ގުޅޭ ހަބަރެއް ގެނެސްދިން މައްސަލައަކާއި ރައީސްއާ އެކަމާ ބެހޭ ގޮތުން ސުވާލެއް ކުރި މައްސަލާގައި އަދަދު ނޫހުގެ ދެ ނޫސްވެރިއަކަށް ވަނީ ޖަލު ހުކުމެއް ވެސް އިއްޔެ އިއްވާފަ އެވެ.