ރައްޔިތުންގެ މަޖިލީހުގައި މިވަގުތު ގޮނޑި ގެއްލިފައިވާ ހަ މެމްބަރަކު އެބަ ތިއްބެވި ކަމަށާއި އެ މެމްބަރުންގެ މައްސަލަ ސުޕްރީމް ކޯޓަށް ހުށަހަޅުއްވާނެ ކަމަށް ގާނޫނީ ވަކީލް އަލީ ހުސެއިން ވިދާޅުވެއްޖެ އެވެ.
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި އަލީ ވިދާޅުވީ މި ވަގުތު ރައްޔިތުންގެ މަޖިލީހުގައި ގޮނޑި ގެއްލިގައިވާ ހައެއްކަ މެންބަރުން އެބަތިބި ކަމަށާއި އެ މީހުންގެ މައްސަލަ ސުޕްރީމް ކޯޓަށް ހުށައެޅުމުގެ މަސައްކަތް ފަށާފައިވާ ކަމަށެވެ.
"އެ މީހުންނަކީ މިނިވަން ކެންޑިޑޭޓުންގެ ގޮތުގައި އިންތިޚާބުވުމަށްފަހު ޕީއެންސީ އަށް ސޮއިކުރި މެންބަރުން،" އަލީ ވިދާޅުވި އެވެ.
މި ވަގުތު ރައްޔިތުންގެ މަޖިލީހުގައި ގޮނޑި ގެއްލިގައިވާ ހައެއްކަ މެންބަރުން އެބަތިބި. އެ މީހުންގެ މައްސަލަ ސުޕްރީމް ކޯޓަށް ހުށައެޅުމުގެ މަސައްކަތް ފަށައިފިން. އެ މީހުންނަކީ މިނިވަން ކެންޑިޑޭޓުންގެ ގޮތުގައި އިންތިޚާބުވުމަށްފަހު ޕީއެންސީ އަށް ސޮއި ކުރި މެންބަރުން.
— Ali Hussain (@AleeVoice) May 13, 2026
ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ޕާޓީން ވަކިވެއްޖެ ނަމަ ނުވަތަ ވަކިކޮށްފި ނަމަ މެމްބަރުކަމުގެ ގޮނޑި ގެއްލޭ ގޮތަށް ގާނޫނު އަސާސީއަށް ގެނެސްފައިވާ އިސްލާހު ސައްހަ ކަމަށް ސުޕްރީމް ކޯޓުން ދާދިފަހުން ވަނީ ހުކުމްކޮށްފަ އެވެ.
ހިނގަމުންދާ 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ މެމްބަރެއްގެ ގޮނޑި ގެއްލިފައިވާ ސުޕްރީމް ކޯޓުން ވަނީ މިދިޔަ މަހު ހުކުމްކޮށްފަ އެވެ. އެގޮތުން ސާބިތު ދަރަންޏެއް ނުދައްކާ ކަމަށް ބުނެ ގޮނޑި ގެއްލިފައިވާ ކަމަށް ހުކުމްކޮށްފައިވަނީ ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު ސިނާންގެ މައްޗަށެވެ.