Last Updated: May 4, 13:48
Sunday, May 4, 2025
ޚަބަރު

ދެކުނަށް ބޯކޮށް ވާރޭ ވެހޭނެ: މެޓް

ފޭދޫ ބޮޑުމަގުގައި ފެންބޮޑުވެފައި. އައްޑޫލައިވް ފައިލް ފޮޓޯ.

ދެކުނުގެ އަތޮޅުތަކަށް ކުރިއަށް އޮތް 24 ގަޑިއިރު ތެރޭގައި ބޯކޮށް ވާރޭވެހޭނެ ކަމަށް ލަފާ ކުރާކަމަށް މެޓް އޮފީހުން ބުނެފިއެވެ.

މެޓް އޮފީހުން މިއަދު ބުނީ ދެކުނުގެ އަތޮޅުތަކަށް ބޯކޮށް ވާރޭވެހޭނެ ކަމަށް ލަފާ ކުރެވުނު ނަމަވެސް ރާއްޖޭގެ އެހެން ހިސާބުތަކަށް މޫސުން ރަނގަޅުވާނެ ކަމަށެވެ.

އަދި ކަނޑުތައް ވެސް މަޑުވާނެ ކަމަށް މެޓް އޮފީހުން ބުނެއެވެ. އަދި ވައިޖެހޭނީ ގަޑިއަކު ތިން މޭލާއި 13 މޭލާއި ދެމެދުގެ ބާރު މިނެއްގައި އިރު އުތުރުން ކަމަށް ވެސް މެޓް އޮފީހުން ބުނެއެވެ.

އައްޑޫއަށް ވަނީ ހަވީރުން ފެށިގެން އެކި ވަގުތުތަކުގައި ވިދާ ގުގުރުމާއި އެކު ބޯކޮށް ވާރޭ ވެހިފައެވެ.