މި އަހަރުގެ ހައްޖުގެ އަޅުކަމަށް ދާ މީހުން ފުރާ ދުވަސްތަކުގައި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ)ގެ ޓްރެފިކް ބާރު ބޮޑުވާނެތީ ދަތުރުވެރިން އެކަމަށް ސަމާލުވުމަށް އެމްއޭސީއެލް އިން މިއަދު އިލްތިމާސްކޮށްފި އެވެ.
އެމްއޭސީއެލް އިން މިއަދު އާންމުކުރި ޓްރެވަލް އެޑްވައިޒަރީގައި ބުނީ، ހައްޖުގެ އަޅުކަމަށް ދާ ދިވެހިން ފުރާނީ މި މަހުގެ 15، 17، 18 އަދި 19 ވަނަ ދުވަހު ކަމަށެވެ.
އެ ދުވަސްތަކުގައި ގިނަ އަދަދެއްގެ ބަޔަކު އެއާޕޯޓަށް ދާނެ ކަމަށް ލަފާކޮށް، ދަތުރުވެރިން އެ ކަމަށް ސަމާލުވުމަށް ވަނީ އިލްތިމާސްކޮށްފަ އެވެ.
އެމްއޭސީއެލް އިން ބުނީ އެ ދުވަސްތަކުގައި އެއާޕޯޓުގެ ޕާކިންއަށް ވެސް ބާރުބޮޑުވާނެ ކަމަށް ލަފާކުރެވޭތީ އެއާޕޯޓަށް ދިއުމަށް ބަސް ނުވަތަ ފެރީ ހިޔާރުކުރުމަށް އެދޭ ކަމަށެވެ.