ކެބިނެޓުން ދާދި ފަހިން ވަކިރުރި މިނިސްޓަރުންގެ ތެރޭގައި ހިމެނޭ ޓޫރިޒަމް މިނިސްޓަރު ޠާރިގް އިބްރާހިމާއި ލޯކަލް މިނިސްޓަރު އާދަމް ޝަރީފު އުމަރު ސަފީރުންގެ ގޮތުގައި އައްޔަން ކުރުމުގެ މައްސަލަ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފި އެވެ.
އެ ދެ ބޭފުޅުން މި ވަގުތު ތިއްބެވީ ފޮރިން މިނިސްޓްރީގެ އެމްބެސެޑާ އެޓް ލާޖުގެ މަގާމުގައެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒު މަޖިލީހަށް ވަކިވަކިން ފޮނުއްވެވި ސިޓީތަކެއްގައި ވިދާޅުވެފައިވާ ގޮތުން ޠާރިޤް އައްޔަން ކުރައްވަން ނިންމަވާފައި ވަނީ ޔޫއޭއީއަށް ރާއްޖޭން ކަނޑައަޅުއްވާފައި ހުންނަވާ ސަފީރުގެ މަޤާމަށެވެ. އާދަމް ޝަރީފް އުމަރު އައްޔަން ކުރަނީ ގަތަރުގެ ސަފީރުގެ މަޤާމަށެވެ.
ޠާރިޤަކީ މި ސަރުކާރުގެ މޫސުމީ ބަދަލުތަކާއި ތިމާވެއްޓާ ހަކަތައާބެހޭ ވަޒީރުގެ މަޤާމާއި ތިމާވެއްޓާއި ފަތުރުވެރިކަމާބެހޭ ވަޒީރުގެ މަޤާމު އަދާކުރައްވާފައިވާ ބޭފުޅެކެވެ.
ދެ ބޭފުޅުން ސަފީރުންނަށް އައްޔަނު ކުރުމުގެ މައްސަލަ މަޖިލީހުގެ މިއަދުގެ ޖަލްސާފައި ވަނީ ދިރާސާ ކުރަން ކޮމިޓީ އަށް ވަނީ ފޮނުވައިފަ އެވެ.