Last Updated: July 12, 14:13
Sunday, July 12, 2026
ޚަބަރު

ސީޝެލްސްގެ ފޮރިން މިނިސްޓަރު ރާއްޖޭގައި

ސީޝެލްސްގެ ފޮރިން މިނިސްޓަރު ބެއްރީ ފޯ ރަސްމީ ދަތުރެއްގައި އިއްޔެ ރާއްޖެ ވަޑައިގެންފި އެވެ.

މިއީ ރާއްޖޭގެ ފޮރިން މިނިސްޓަރު އިރުތިޝާމް އާދަމްގެ ދައުވަތަކަށް ކުރައްވާ ދަތުރުފުޅެކެވެ. އެކަމަކު އޭނަ މި ވަގުތު ހުންނެވީ ރަސްމީ ދަތުރެއްގައި އިންޑިއާގަ އެވެ.

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ސީޝެލްސްގެ ފޮރިން މިނިސްޓަރަށް މަރުހަބާ ދެންނެވީ ފޮރިން ސެކްރެޓަރީ ފާތިމަތު އިނާޔާ އާއި އެ މިނިސްޓްރީގެ އިސް ބައެއް ބޭފުޅުންނެވެ.

މިއީ ސީޝެލްސްގެ ފޮރިން މިނިސްޓަރަކު ރާއްޖެ އަށް ކުރައްވާ ފުރަތަމަ ރަސްމީ ދަތުރެވެ.

މި ދަތުރުފުޅުގައި މިނިސްޓަރު، އިރުތިޝާމްއާ ބައްދަލު ކުރައްވައި، ދެ ގައުމުގެ ދެމެދުގައި އޮތް ގުޅުން އިތުރަށް ބަދަހިކުރުމާ ގުޅޭގޮތުން މަޝްވަރާ ކުރައްވާނެ އެވެ. އަދި ބައިނަލްއަގުވާމީ މައިދާނުގައި ދެ ގައުމުން އިސްކަންދޭ ކަންކަމުގައި އެއްބާރުލުން ދިނުމާ ގުޅޭ ގޮތުންވެސް މަޝްވަރާ ކުރައްވާނެ އެވެ.