Last Updated: July 12, 14:13
Sunday, July 12, 2026
ޚަބަރު

އެލްޖީއޭގެ މުވައްޒަފުން ސިވިލް ސާވިސްގެ ދަށަށް

ލޯކަލް ގަވަރމަންޓް އޮތޯރިޓީ އެލްޖީއޭ) ގެ މުވައްޒަފުން ސިވިލް ސވިސްއަށް ބަދަލުކުރުމަށް ސަރުކާރުގެ ފަރާތުން ހުށަހެޅުއްވި އިސްލާހު ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފި އެވެ.

"ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ޤާނޫނު" އަށް އިސްލާހު ހުށަހެޅުއްވީ ފުވައްމުލަކު އުތުރު ދާއިރާގެ މެންބަރު ޙަމަދު ޢަބްދުﷲ އެވެ.

އެ ބިލު ފާސްކުރީ 59 މެމްބަރުންގެ ވޯޓުންނެވެ.

ބިލު ހުށަހެޅުއްވި ސަބަބެއް ކަމަށް ބުނެފައި ވަނީ އެލްޖީއޭގެ ހިންގުން ހަރުދަނާ ކުރުމުގެ ގޮތުން އެ އޮތޯރިޓީގެ މުވައްޒަފުންނަކީ ސިވިލް ސާވިސްގެ މުވައްޒަފުން ކަމުގައި ހަމަޖެއްސުމެވެ. އަދި ރަށްރަށާއި ސިޓީތަކުގައި ޤާނޫނުގެ ދަށުން ލޯކަލް ކައުންސިލްތަކުން ފޯރުކޮށް ދޭން ޖެހޭ އާންމު ޚިދުމަތްތަކުގެ ތެރޭގައި ކުނި މެނޭޖްކުރުމުގެ ޚިދުމަތް ހިމެނުމަކީ ވެސް އެ ޤާނޫނަށް އިސްލާހު ގެނައުމުގެ ބޭނުމެއް ކަމަށް ބަޔާންކޮށްފައިވެ އެވެ.