Last Updated: July 12, 14:13
Sunday, July 12, 2026
ޚަބަރު

ތަރައްޤީގެ މަޝްރޫޢުއެއް ނުހިނގާ އެންމެ ރަށެއް ވެސް ނޯންނާނެ

ރާއްޖޭގައި ތަރައްޤީގެ މަޝްރޫޢުއެއް ނުހިނގާ އެންމެ ރަށެއްވެސް ނޯންނާނެ ކަމަށް ރައީސް އޮފީހުގެ އިސްތަރުޖަމާނު މުޙައްމަދު ހުސައިން ޝަރީފް (މުންދު) ވިދާޅުވެއްޖެ އެވެ.

ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މުންދު ވިދާޅުވީ ރާއްޖޭގެ ހުރިހާ ރަށެއްގައިވެސް މަޝްރޫޢުތައް ކުރިއަށްދާ ކަމަށާއި ބައެއް ރަށްތަކުގައި އެއް މަޝްރޫއުއަށް ވުރެ ގިނަ މަޝްރޫއުތައް ވެސް ހިނގަމުންދާއިރު، ބައެއް ރަށްތަކުގައި ބައިވަރު މަޝްރޫއުތައް އެކި ހިސާބުތަކަށް ގޮސްފައިވާ ކަމަށެވެ.

ރާއްޖެއިން ނަގާފައިވާ ލޯނަކާއި ގުޅިގެން ތަރައްޤީއާއި ގުޅުންހުރި އެއްވެސް މަޝްރޫޢެއް ހުއްޓުމެއް ނާންނާނެ ކަމަށާއި އަދި ސަރުކާރުގެ މިހާރުގެ އެންމެ ބޮޑު އަމާޒަކީ ރާއްޖޭގެ މާލީ ޙާލަތާއި އިޤްތިސާދު ހަރުދަނާކުރުމަށް މަސައްކަތް ކުރުންކަ މަށެވެ. އަދި އެކަމުގައިވެސް މުހިއްމު ފިޔަވަޅުތަކެއް އަޅަމުންދާ ކަމަށް ވިދާޅުވި އެވެ.

"އެއްވެސް މަޝްރޫޢަކަށް އަޅުގަނޑުމެން މިދައްކާ ލޯނަކުން ނޫނީ ދަރަނި އަދާކުރުމުގެ ސަބަބަކުންނެއް ހުއްޓުމެއް ނޫނީ ލޮޅުމެއް ނާންނާނެ. އަޔަސް އަންނާނީ ކޭޝް ފްލޯގެ ސަބަބުން،" މުންދު ވިދާޅުވި އެވެ.

ކުރީ ސަރުކާރުން އިންޑިއާއިން ނެގި 150 މިލިޔަން ޑޮލަރުގެ ލޯނުތަކުގެ ތެރެއިން 50 މިލިއަން ޑޮލަރު މިދިޔަ ހޯމަ ދުވަހުގެ ވަނީ ދައްކައިފަ އެވެ.