ރައީސް ޑރ. މުޙައްމަދު މުޢިއްޒު ބައިވެރިވެވަޑައިގަންނަވާ ޕީއެންސީގެ ޖަލްސާއެއް މިރޭ ބާއްވަން ތައްޔާރުވެްޖެ އެވެ.
އެ ޖަލްސާ އޮންނާމޯ އެ ޕާޓީގެ ހަރުގެ ހ. ވެޔޮވިލާގަ އެވެ. ޖަލްސާ ފަށަން ހަމަޖެހިފައި ވަނީ މިރޭ 8:30 އެ އެވެ. އެހެންވެ ޕީއެންސީ އަށް ތާއީދުކުރާ ވީހާ ވެސް ގިނަ ބަޔަކު ޖަލްސާގައި ބައިވެރިވާން އެ ޕާޓީން އެދިފައިވެ އެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ބައިވެރިވެވަޑައިގަންނަވާ ކޮންގްރެސް ޕާޓީގެ ޚާއްސަ ޖަލްސާއެއް މިރޭ ބޭއްވުމަށް ހަމަޖައްސާ ހުރިހާ މެންބަރުންނަށް ދަޢުވަތު ދީފި އެވެ.
ކޮންގްރެސް ޕާޓީން ބުނީ އެ ޕާޓީގެ ރައީސް އަދި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ބައިވެރިވެވަޑައިގަންނަވާ ވަރަށް ޖަލްސާއެއް މިރޭ އެ ޕާޓީގެ ހަރުގެ ހ. ވެޔޮވިލާގައި އޮންނާނެ ކަމަށެވެ. ވީހާވެސް ގިނަ މެންބަރުން މިރޭ 8:30 އަށް ހަރުގެއަށް ދިއުމަށް ވަނީ އެދިފަ އެވެ.
ރޭވިގެން އިންތިޒާމީ ގޮތެއްގައި ހަމައެކަނި ސިޔާސީ ހަރަކާތްތައް ހިންގަމުން ދަނީ ކޮންގްރެސް ޕާޓީންނެވެ. އެ ޕާޓީން ދަނީ ކޮންމެ ހަފްތާއަކުހެން ހަރުގެ ޖަލްސާތައް ބާއްވަމުންނެވެ. އަދި އަތޮޅުތަކުގެ ރަށްރަށުގައި އެ ޕާޓީއަށް ލިބޭ ކާމިޔާބީ ފާހަގަ ކުރުމަށްވެސް ޖަލްސާތަކާއި ހަރަކާތްތައް ބާއްވަމުންނެވެ.
75,000 ވުރެ ގިނަ މެންބަރުން ހިމެނޭ ކޮންގްރެސް ޕާޓީގެ ޤައުމީ ޖަލްސާއަށް ވަގުތު ކުޑަތަންވަމުންދާއިރު ކުރިއަށްއޮތާވެސް ގިނަ އަދަދެއްގެ ބަޔަކު އެ ޕާޓީއާ ގުޅޭނެ ކަމަށް ބެލެވެ އެވެ.
ރައީސް ބައިވެރިވެވަޑައިގަންނަވާ ޖަލްސާއެއް ޕީއެންސީން މިރޭ ބާއްވާ އިރު، ސަރުކާރާ ދެކޮޅަށް އިދިކޮޅު ފަރާތްތަކުން އަންނަނީ މާލޭގައި ސިލްސިލާ މުޒާހަރާތަކެއް ކުރަމުންނެވެ. އެގޮތުން ރޭ ބޭއްވި މުޒާހަރާގެ ތެެރެއިން ގިނަ ބަޔަކު ހައްޔަރުކޮށްފައިވާ އިރު، އެމްޑީޕީން ވަނީ އެ މީހުން ވަގުތުން ވަގުތަށް މިނިވަން ކުރަން ގޮވާލައިފަ އެވެ.