އިނގިރޭސިވިލާތުގެ ހެލްތު މިނިސްޓަރު ވެޒް ސްޓްރީޓިން މަގާމުން މިއަދު އިސްތިއުފާ ދެއްވައިފި އެވެ.
ބޮޑުވަޒީރު ކެއަ ސްޓާމާގެ ސަރުކާރަށް ވަރަށް ބޮޑެތި ގޮންޖެހުންތަކެއްގެ ތެރޭގައި އޮތް މި ދަނޑިވަޅުގައި މިއަދު އިސްތިއުފާ ދެއްވައި އޭނަ ފޮނުއްވި ސިޓީގައި ވިދާޅުފައި އިސްތިއުފާ ދެއްވަން ނިންމެވި މައިގަނޑު ސަބަބަކީ ބޮޑުވަޒީރުގެ ލީޑަޝިޕާ މެދު ސުވާލު އުފެދި އިތުބާރު ގެއްލުން ކަމަށެވެ.
އެހެންވެ ސަަރުކާރު ދެން ދެމެހެއްޓެނިދާނެކަމުގެ ޔަގީންކަމެއް ވެސް ނެތް ކަމަށް ވެސް ވެޒް ވިދާޅުވި އެވެ.
އޭނަ ވިދާޅުވީ ހެލްތު މިނިސްޓަރުގެ ހައިސިއްޔަތުން ގައުމަށް ހިދުމަތް ކުރައްވަން ލިބިވަޑައިގަތުމަކީ ޝަރަފެއް ކަމަށާއި އެ ފުރުސަތު ދެއްވީތީ ބޮޑުވަޒީރަށް ޝުކުރު ވެސް އަދާ ކުރައްވާ ކަމަށެވެ.
ވެޒްގެ އިސްތިއުފާފެ ސިޓީ އޭނަގެ ސޯޝަލް މީޑިއާ އެކައުންޓްތަކުގައި ވެސް ހިއްސާ ކުރައްވާފައިވެ އެވެ.