ވ. އަތޮޅުގައި ސަފާރީއަކުން ޑައިވިނަށް ގޮސް އުޅުނު ހަތަރު މީހަކު ގެއްލި، އެކަކު މަރުވެފައި އޮއްވާ މިއަދު ފެނިއްޖެ އެވެ.
އިޓަލީއަށް ނިސްބަތްވާ އެ ފަސް މީހުން ޑައިވިނަށް ގޮސް އުޅެނިކޮށް ގެއްލުނު މައްސަލަ ފުލުހުންނަށް ރިޕޯޓުކޮށްފައިވަނީ މިއަދު މެންދުރުފަހު 1:45ގަ އެވެ. އެ މީހުން ފެނުނުއިރު މަރުވެފައިވާކަން ފުލުހުން ފުރަތަމަ ކަށަވަރުކޮށްދިނެވެ.
ނަމަވެސް ފަހުން ފުލުހުން ބުނީ އެހެން މީޑިއާއަށް މައުލޫމާތު ދެވުނީ މައުލޫމާތު ފުލުހުންނަށް ފޯރުކޮށްދިން ފަރާތުން އެރި އޮޅުމަކުން ކަމަށެވެެ.
ފުލުހުން ވ. އަތޮޅުގެ ފަރާތްތަކާ ހަވާލާދީ މިހާރު ބުނަނީ އަނެއް ހަތަރު މީހުން ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. މަރުވެފައި އޮއްވައި ފެނުނީ އެކަކު ކަމަށެވެ.
މި ހާދިސާއާ ގުޅޭ މައުލޫމާތު ލިބެމުންދާ ވަރަކުން ހިއްސާ ކުރަމުންދާނެކަމަށް ފުލުހުން ބުންޏެވެ.