އިންޑިއާގެ ބަތަލާ މޯނީ ރޯއިގެ ކައިވެނި ވަރިފަށަށް އަރާފައިވާ ކަމަށް މީޑިއާތަކުން ރިޕޯޓްކޮށްފައި ވަނިކޮށް ވަރިވާން ނިންމިކަން މިއަދު ކަށަވަރުކޮށް ދީފި އެވެ.
މޯނީ އާއި ފިރިމީހާ ސޫރަޖް ނަމްބިއާގެ ފަރާތުން މިރޭ އާންމުކުރި ބަޔާނެއްގައި ބުނީ ކައިވެނި ރޫޅައިމަން ނިންމީ ދެ މީހުން އަމިއްލަ އަށް އެއްބަސްވެގެން ކަމަށެވެ. އަދި އެ ގުޅުން ނިމުމަކަޔަސް އެކުވެރިންގެ ގޮތުގައި ދެމިތިބޭނެ ކަމަށާއި މި ވަގުތު ދެ މީހުންނަށް ވެސް ޕްރައިވެސީ ބޭނުންވާ ކަމަށް ބުނެފައިވެ އެވެ.
ރިޕޯޓްތައް ބުނާ ގޮތުން މޯނީގެ ކައިވެނީގައި ކުނި ޖެހުނީ ކައިވެނީގެ ބޭރުން ސޫރަޖް ގުޅުމެއް ހިންގައި، މޯނީ އަށް ބޭވަފާތެރިވުމާ ގުޅިގެންނެވެ. އެ ދެ މީހުން ކައިވެނިކުރީ 2022 ގަ އެވެ.
ސޫރަޖަކީ ދުބާއީގައި ދިރިއުޅެމުން އަންނަ އަންނަ އިންޑިއާގެ ވިޔަފާރި އާއިލާއަކަށް ނިސްބަތްވާ މީހެކެވެ.
މޯނީ، 40، އަކީ ޓީވީ ސިލްސިލާތަކުން މަޝްހޫރުކަން ހޯދުމަށް ފަހު، މިހާރު ބޮލީވުޑްގައި މަސައްކަތް ކުރަމުން އަންނަ ބަތަލާއެކެވެ. އޭނަގެ ކުރިއަށް ހުރި ފިލްމުތަކުގެ ތެރޭގައި އަންނަ މަހު ރިލީޒް ކުރަން ހަމަޖެހިފައިވާ 'ހެ ޖަވާނީ ތޯ އިޝްގް ހޯނާ ހޭ' އާއި ރިލިޒްކުރާނެ ތާރީހެއް އަދި އިއުލާން ނުކުރާ 'ދަ ވައިވްސް' ހިމެނެ އެވެ.