އައްޑޫ މަރަދޫ އަވަށު އޮފީހުގެ މުވައްޒަފުންނަށް އަލިފާނާ ގުޅޭ ހާއްސަ ސެޝަނެއް ބާއްވައިފި އެވެ.
އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑްގެ ފަޔަ ޑިޕާޓްމަންޓުން އިއްޔެ ކުރިއަށް ގެންދިޔަ ފަޔަ ސޭފްޓީ ސެޝަންގައި، އަލިފާން ރޯވާން މެދުވެރިވާ ސަބަބުތަކާއި، އަލިފާން ފެތުރޭ ގޮތްތަކާއި، އަލިފާން ނިއްވާނެ ގޮތުގެ އަސާސީ މަޢުލޫމާތާއި، އަލިފާންނިވި އާއި ފަޔަރ ބްލޭންކެޓް ބޭނުންކުރާނެ ގޮތުގެ މުހިންމު މަޢުލޫމާތުތައް ކިޔައިދީ ފައިވެ އެވެ.

އަދި އަލިފާނުގެ ހާދިސާއެއް ހިނގައިފި ނަމަ ޢަމަލު ކުރަންވީ ގޮތުގެ މަޢުލޫމާތާއި، ފަޔަރ ބްލޭންކެޓާއި، އަލިފާންނިވި ބޭނުންކޮށްގެން އަލިފާން ނިއްވާނެ ގޮތް ދައްކައިދީ، އަލިފާން ނިއްވުމުގެ ހުނަރުތައް ވެސް ދަސްކޮށް ދީފައިވެ އެވެ.
ސެޝަނެއްގައި މަރަދޫ އަވަށު އޮފީހުގެ 35 މުވައްޒަފަކު ބައިވެރިވި އެވެ.

މި ސެޝަންގައި މުދައްރިބުންގެ ގޮތުގައި ހަރަކާތްތެރިވީ އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑް، ފަޔަ ޑިޕާޓްމަންޓުގެ ފަޔަފައިޓަރުންނެވެ.