Last Updated: July 17, 18:07
Friday, July 17, 2026
ޚަބަރު

އިޖުތިމާއީ ފޭރާން ރަނގަޅު ވާނީ އާއިލާ ބަދަހިކޮށްގެން

ޤައުމެއްގެ އިޖްތިމާޢީ ފޭރާން ރަނގަޅު ކުރުން ފަށަން ޖެހެނީ ބަދަހި އަދި ހަރުދަނާ ޢާއިލާތަކެއް ބިނާކުރުމާ ހަމައިން ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

މިއަދު ފާހަގަކުރާ ބައިނަލްްއަގްވާމީ އާއިލާތަކުގެ ދުވަހާ ގުޅިގެން އެ މަނިކުފާނު ސޯޝަލް މީޑިއާ ޕޯސްޓެއްގައި ވިދާޅުވީ ޢާއިލާއެއްގެ ފެށުމަކީ މައިންބަފައިންނަށްވާ އިރު، ﷲގެ އެއްކައުވަންތަކަން ޤަބޫލުކުރުމަ ށްފަހު މުސްލިމަކު ދެން އެންމެ ބޮޑު އިސްކަމެއް ދޭން އަމުރުވެވިގެންވާ އެއް ކަމަކީ މަންމަ އާއި ބައްޕައަށް ހެޔޮކޮށްހިތުމާއި ކިޔަމަންގަތުން ކަމަށެވެ.

އަދި މާތްވެގެންވާ އިސްލާމް ދީން ޢާއިލާއަށް ދޭ ޤަދަރާއި އަހުމިއްޔަތުގެ ބޮޑުކަން ހަމައެކަނި އެކަމުން ވެސް ހާމަކޮށްދޭ ކަމަށް ވިދާޅުވި އެވެ.

"ޢާއިލާއިން އުފައްދައިދޭ ލޭގެ މަތިވެރި ގުޅުމަކީ ދުވަހަކު ވެސް ކެނޑިގެންދާނެ ގުޅުމެއް ނޫން،" ރައީސް ވިދާޅުވި އެވެ. "ޤައުމެއްގެ އިޖްތިމާޢީ ފޭރާން ރަނގަޅުކުރުން ފަށަން ޖެހެނީ ބަދަހި އަދި ހަރުދަނާ ޢާއިލާތަކެއް ބިނާކުރުމާ ހަމައިން."

އެ މަނިކުފާނުގެ ޕޯސްޓް ނިންމަވައިލައްވަމުން ދިވެހި ކޮންމެ ރައްޔިތަކަށްމެ ޢާއިލީ ލޯތްބާއި އަޅަައިލުމާއެކު ބާއްޖަވެރި ޙަޔާތަކަށް އެދި ދުޢާކުރައްވާ ކަމަށް ވިދާޅުވި އެވެ.