އެމްޑީޕީގެ ޗެއާޕާސަންގެ މަގާމުގައި ހުންނަވާ ބޭފުޅަށް މީހަކަށް ކުރިއަށް އޮންނަ ރިޔާސީ އިންތިހާބުގައި ވާދަ ނުކުރެވޭނެ ގޮތް ހަދާނެ ކަމަށްގެ ޗެއާޕާސަންކަމަށް ވާދަކުރައްވާ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް އަހުމަދު ނަސީމް ވިދާޅުވެއްޖެއެެވެ
އޭނަގެ މެނިފެސްޓޯ ލޯންޗް ކުރަން މާލޭގައި ރޭ ބޭއްވި ޖަލްސާގައި ވިދާޅުވީ، އެމްޑީޕީގެ އެތެރޭގައި އިސްލާހު ކުރަން ޖެހޭ ވަރަށް ގިނަ ކަންކަން އެބަހުރި ކަމަށެވެ. އެގޮތުން ޗެއާޕާސަންކަމުގެ މަގާމަށް އަންނަނީ ޕާޓީ ހަރުދަނާކޮށް މެމްބަރުންނަށް ޕާޓީގެ ތެރެއިން ބާރުބެރިކަން ހޯދައި ދިނުމަށް ކަމަށް ވިދާޅުވި އެވެ. އެހެންވެ ޕާޓީ އިސްލާހް ކުރުމަށް ގިނަ ކަންތައްތަކެއް ކުރުމަށް ނިންމަވާފައިވާ ކަމަށާއި އޭގެ ތެރެއިން އެއް ކަމަކީ ޗެއާޕާސަން ކަމުގައި ހުންނަ މީހަކަށް ކުރިއަށް އޮންނަ ރިޔާސީ އިންތިހާބުގައި ވާދަނު ކުރެވޭނެ ގޮތް ހެދުން ކަމަށް މީކާއީލް ވިދާޅުވިއެވެ.
އޭނަ ވިދާޅުވީ، އެމްޑީޕީގެ ޗެއަޕާސަންގެ މަޤާމުގައި ހުންނަ މީހަކީ ދެފުށްފެންނަ އަދި ފުދުންތެރި ޕާޓީއަކަށް ހަދާ ދޭނެ މީހަކަށް ވާން ޖެހޭ ކަމަށެވެ. އެގޮތުން ޕާޓީއަށް ލިބޭ ފައިސާ ޚަރަދުކުރާ ގޮތް އާންމު މެމްބަރުންނަށް ކޮންމެ މަހަކު އާންމު ކުރައްވާނެ ކަމަށް ވެސް ވިދާޅުވި އެވެ.
"ދަޢުލަތުގެ ބަޖެޓަށް ބަރޯސާވާ މިނިވަރު ކުޑަކޮށް، ދެމެހެއްތެނިވި ގޮތެއްގައި ޕާޓީގެ ކަންކަން ކުރިއަށް ދާނެ އޮނިގަނޑެއް އަޅުގަނޑު ހުށަހަޅައި ދޭނަން." މީކާއިލް ވިދާޅުވި އެވެ.
އޭނަ ވިދާޅުވީ ޗެއާޕާސަންކަމުގެ މަގާމަށް ކުރިމަތިލީ ފަހަރެއްގައި ވެސް ވެރިކަމަށް ކުރިމަތިލާން ނޫން ކަމަށެވެ. އަދި ޗެއާޕާސަންގެ މަގާމަށް އިންތިހާބުކޮށް ދީފި ނަމަ ކުރިއަށް އޮތްތަނުގައި އޭނާ އެންމެ ބޮޑު އިސްކަމެއް ދޭނީ، ޕާޓީގައި ސިޔާސީ ލީޑަރުން ބިނާކުރުމަށް ކަމަށް ވިދާޅުވި އެެވެ.
ޗެއާޕާސަން އިންތިހާބު އޮންނާނީ އަންނަ މަހުގެ 12 ގަ އެވެ. އެ މަގާމަށް ދެން ވާދަ ކުރައްވަނީ ކުރައްވަނީ ކުރީގެ ރައީސް މުހައްމަދު ނަޝީދާއި އިބްރާހިމް މުހައްމަދު، (ވާޑު) އެވެ.