Last Updated: July 11, 11:51
Saturday, July 11, 2026
މުނިފޫހިފިލުވުން

"ވެލްކަމް ޓު ޖަންގަލް" ގެ ޓީޒާ ދައްކާލައިފި

ބޮޑު ކާސްޓެއް ހިމެނޭ ބޮލީވުޑްގެ ފިލްމު "ވެލްކަމް ޓު ޖަންގަލް" ގެ ޓީޒާ ދައްކާލައިފި އެވެ.

އަންމަ މަހުގެ 26 ގައި ސިނަމާޔަކަށް ގެންނަން ހަމަޖެހިފައިވާ މި ފިލްމަކީ ޕްރޮޑިއުސަރު ފީރޯޒް ނަދިއަދުވާލާ ގެނެސްދެމުން އަންނަ "ވެލްކަމް" ފްރެންޗައިޒްގެ ތިން ވަނަ ބައެވެ.

އާ ފިލްމުގައި މީގެ ފުރަތަމަ ފިލްމު ކަމަށްވާ 2007 ގެ "ވެލްކަމް" ގެ މައިގަނޑު އެއް ރޯލު ކުޅުނު އަކްޝޭ ކުމާރު ހިމެނެ އެވެ. އޭނައާ އެކު "ވެލްކަމް ޓު ޖަންގަލް" އިން ފެންނާނެ ތަރިންގެ ތެރޭގައި ސުނިލް ޝެޓީ އާއި ރަވީނާ ޓަންޑަނާއި ސަންޖޭ ދަތާއި ޑިޝާ ޕަޓާނީ އާއި އަފްތާބް ޝިވްދަސާނީ އާއި ޖެކްލީން ފެނާންޑޭޒާއި ތުޝާރް ކަޕޫރާއި އަރުޝަދު ވަރްސީ އާއި މަނޫޝީ ޗިލާރާއި ރަންދީޕް ހޫޑާ އާއި ލާރާ ދައްތާ އާއި ޝްރެޔަސް ތަލްޕަޅޭ އާއި ޝާރިބް ހާޝީމީ އާއި ޕަރޭޝް ރާވަލާއި ސުޕްރިޔާ ކަރްނިކާއި ރާޖްޕަލް ޔާދަވާއި ޖޯނީ ލީވާ އައި ފަރީދާ ޖަލާލާއި ޕުނީތު އިސާރް އަދި މަނޯޖް ޕަހްވާ ހިމެނެ އެވެ.

"ވެލްކަމް ޓު ޖަންގަލް" ގެ ޑައިރެކްޓަރަކީ މަޝްހޫރު ކޮރިއޮގްރާފަރު އަހުމަދު ޚާނެވެ. އޭނަގެ އެންމެ ފަހުގެ ޑައިރެކްޝަނަކީ ޓައިގާ ޝްރޮފްގެ 2022 ގެ "ހީރޯޕަންތީ 2" އެވެ. އަހުމަދަކީ ޓައިގާގެ "ބާގީ" ގެ ދެވަނަ ބަޔާއި ތިން ވަނަ ބައިގެ ވެސް ޑައިރެކްޓަރެވެ.

"ވެލްކަމް ޓު ޖަންގަލް" އަކީ މި އަހަރު ރިލީޒްކުރާ އަކްޝޭގެ ދެވަނަ ފިލްމެވެ. އޭނަގެ މި އަހަރުގެ ފުރަތަމަ ފިލްމަކީ މިދިޔަ މަހު ގެނެސްދިން ކޮމެޑީ-ހޮރީ "ބޫތު ބަނގްލާ" އެވެ.