ބޮލީވުޑްގެ ތަރިން ކަމަށްވާ މަދޫރީ ޑިކްސިޓާއި ޓްރިޕްތީ ދިމްރީގެ 'މާ، ބެހެން' ގެ އަންނަ މަހުގެ 4 ގައި ބެލުންތެރިންނަށް ދޫކޮށްލަން ނިންމައިފި އެވެ.
މި ޑާކް ކޮމެޑީ ގެނެސްދޭނީ ނެޓްފްލިކްސްއިންނެވެ.
މަދޫރީގެ ވަރަށް ތަފާތު ރޯލެއް ފެންނާނެ "މާ، ބެހެން" ގެ ކާސްޓްގައި ރަވީ ކިޝަން އާއި ދަރްނާ ދުރުގާ ވެސް ހިމެނެ އެވެ.
މި ފިލްމަކީ ވިދިއާ ބަލަންގެ ކާމިޔާބު ފިލްމުތަކެއް ކަމަށްވާ "ތުމާރީ ސުލޫ" އާއި "ޖަލްސާ" ގެނެސްދިން ޑައިރެކްޓަރު ސުރޭޝް ތުރިވޭނީގެ ފިލްމެކެވެ. އޭނަ އެންމެ ފަހުން ބެލުންތެރުންނަށް ގެނެސްދިން ފިލްމަކީ މިދިޔަ މާޗްގައި އެމެޒޯން ޕްރައިމް ވީޑިއޯ އަށް ދޫކޮށްލި އަނިލް ކަޕޫރްގެ ކްރައިމް ޑްރާމާ 'ސުބޭދާރު' އެވެ.
"މާ، ބެހެން" އަކީ މަދޫރީ އާއި މިހާރު ބޮލީވުޑްގައި ބާރަށް ކުރިއަރަމުން އަންނަ ޒުވާން ބަތަލާ ޓްރިޕްތީ އެކީގައި މަސައްކަތްކުރި ދެވަނަ ފިލްމެވެ. ދެ ތަރިން އެކީގައި މަސައްކަތްކުރި ފުރަަތަމަ ފިލްމަކީ ކާތިކް އާރިއަންގެ 2024 ކާމިޔާބު ހޮރޯ-ކޮމެޑީ "ބޫލް ބުލައްޔާ 3" އެވެ.
ކާމިޔާބު އެތައް ފިލްމެއް ކުޅެފައިވާ މަދޫރީ އެންމެ ފަހުން ފެނިފައި ވަނީ މިދިޔަ އަހަރުގެ ޑިސެމްބަރުގައި ހޮޓްސްޓާ އިން ގެނެސްދިން ކްރައިމް ޑްރާމާ ސީރީޒް "މިސިޒް ދޭޝްޕާންޑޭ" އިންނެވެ.